twitterviber whatsapp telegramfacebookyoutube instagram
23rd April 2024

90 ގެ އަހަރުތަކުގައި ވިދާލި ބޮލީވުޑްގެ ތަރިން، އެހާރާއި މިހާރު

Jan 3, 2022
1

90 ގެ އަހަރުތަކުގައި ބޮލީވުޑްގެ ރަސްކަން ކުރި ތަރިންނަކީ މިހާރުވެސް ގިނަ ބައެއްގެ އެންމެ ފޭވަރިޓް ލިސްތުގައި ހިމެނޭ ތަރިންނެވެ. 90ގެ ފިލްމުތަކާއި ލަވަތައް އަދިވެސް ގިނަ ބައެއްގެ ހިޓް ލިސްޓުގައި ހިމެނޭއެވެ. އެ ފިލްމުތަކާއި ލަވަތަކަށް އިތުރު ދިރުމެއް ގެނެސްދީފައިވަނީ އެ ތަރިންގެ ފަރި ހަރަކާތްތަކުންކަން ގިނަ ބަޔަކު އެއްބަސް ވާނެ އެވެ.

މާދުރީ ޑިކްސިޓް

މާދުރީއަކީ 80 އާއި 90 ގެ އަހަރުތަކުގައި ބޮލީވުޑްގައި މަސައްކަތް ކުރި އެންމެ ކާމިޔާބު، އެންމެ ރީތި އެއް ބަތަލާއެވެ. ގިނަ ބައެއްގެ ލޯބި ހޯދި ތަރިއެކެވެ. ރާޖްޝްރީ ޕްރޮޑަކްޝަންގެ "އަބޯދު" އިން 1984 ގައި ފިލްމީ ދުނިޔެއަށް ތައާރަފްވި އިރު އޭނާއަށް 17 އަހަރެވެ. ނަމަވެސް އޭނާގެ ފުރަތަމަ ފިމްލުތަކަކީ ވަރަށް ބޮޑެތި ފްލޮޕްތަކެކެވެ. މާދުރީ ފާހަގަ ވާން ފެށީ 1988 ގައި ނެރުނު "ތޭޒާބް" އިންނެވެ. އެއީ އެ އަހަރުގެ އެންމެ ކާމިޔާބު ފިލްމެވެ.

މާދުރީ އެންމެ ފަހުން ފެނިގެން ދިޔައީ 2019 ވަނަ އަހަރު ނެރުނު "ކަލަންކު" އިންނެވެ. ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ނެޓްފްލިކްސް އިން ގެނެސްދޭ "ފައިންޑިން އަނާމިކާ" ހިމެނެއެވެ.

މާދުރީގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި މޮހްރޭ، ސާޖަން، ހަމް އާޕްކޭ ހޭ ކޯން، އަދި ދިލްތޯ ޕާގަލް ހޭ ހިމެނެއެވެ.

ޖޫހީ ޗައުލާ

މާދުރީ އާއިއެކު އިންޑަސްޓްރީގައި ވާދަ ކުރެވޭ ވަރުގެ ތަރިއަކަށް 90ގެ އަހަރުތަކުގައ ހުރީ ޖޫހީ އެވެ. މި ދެތަރިންނަކީ ވެސް އެ ދުވަސްވަރުގެ އެންމެ ޑިމާންޑް ބޮޑު ދެ ތަރިންނެވެ. ގިނަ ބަޔަކަށް ޖޫހީ އެނގިގެން ދިޔައީ 1988ގައި ބޮލީވުޑަށް ތައާރަފްވި ފިލްމު "ގަޔާމަތް ސެ ގަޔަމަތް ތަކް" އިންނެވެ. ނަމަވެސް އެއީ ޖޫހީގެ 3 ވަނަ ފިލްމެވެ. ޖޫހީގެ ފުރަތަމަ ފިލްމަކީ 1986 ގައި ނެރުނު "ސުލްތަނަތް" އެވެ. އޭގެ ފަހުން ކަންނާޑާ ފިލްމު "ޕްރެމަލޯކާ" ގައިވެސް އޭނާ މަސައްކަތްކުރިއެވެ. މި ދެ ފިލްމު މާ ބޮޑަށް ހިނގާފައެއް ނުވެއެވެ.

ޖޫހީ އެންމެ ފަހުން ފެނިގެން ދިޔައީ 2019 ގައި ރިލީޒް ކުރި "އޭކް ލަޅްކީ ކޮ ދޭކާތޮ އޭސާ ލަގާ" އިންނެވެ. އަދި ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައު "ޝަރްމަޖީ ނަމްކީން" ހިމެނެއެވެ.

ޖޫހީގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ރާޖޫ ބަންގަޔާ ޖެންޓަލް މެން، ލޫޓޭރާ، ޑަރް، އަދި ޔެސް ބޮސް ހިމެނެއެވެ.

ތައްބޫ

ތައްބޫ އަބަދުވެސް ފާހަގަ ވަނީ އައިކޮނިކް ތަރިއެއްގެ ގޮތުގައެވެ. އެއީ އެ ދުވަސްވަރާ ބަލާފައި ތައްބޫގެ ފިލްމުތަކުގެއި ކުޅެފައިވާ ތަފާތު ރޯލުތަކުގެ ސަބަބުންނެވެ.

ތައްބޫ ފުރަތަމަ ފެނިގެން ދިޔައީ ދޭވް އާނަންދު 1985 ގައި ނެރުނު "ހަމް ނޯޖަވާން" އިންނެވެ. އެއިރު ތައްބޫއަށް އެންމެ 15 އަހަރެވެ. އެއަށްފަހު ތައްބޫ ބޮޑު ރޯލަކުން ފެނުނީ ތެލެގޫ ފިލްމު "ކޫލީ ނަންބަރު 1" އިން 1991 ގައެވެ.

ތައްބޫ އެންމެ ފަހުން ފެނިގެން ދިޔައީ ކޮމެޑީ ފިލްމު "ޖަވާނެ ޖާނެމަން" އިންނެވެ. އަދި ކުރިއަށް އޭނާގެ 4 ފިލްމެއް އެބައޮތެވެ. އެގޮތުން "ބޫލް ބުލައްޔާ 2" ފާހަގަކޮށްލެ ވެއެވެ.

ކަރިޝްމާ ކަޕޫރް

މަޝްހޫރް ކަޕޫރް އާއިލާއަށް އުފަން ކަރިޝްމާ ކަޕޫރަކީ އޭނާގެ ނެށުންތަކުން ބެލުންތެރިން ހިތް އަތުލި ފަންނާނެކެވެ.

1991 ގައި އޭނާ ބޮލީވުޑަށް ތައާރަފްވީ "ޕްރޭމް ގައިދީ" އިންނެވެ. އެއިރުގެ އެހެން ތަރިންނާއި ހިލާފަށް ކަރިޝްމާގެ ފުރަތަމަ ފިލްމުތަކަކީ ކާމިޔާބު ފިލްމު ތަކެކެވެ.

އޭނާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި އަންދާޒް އަޕްނާ އަޕްނާ، ރާޖާ ބާބޫ، އަދި ހީރޯ ނަންބަރު ވަން ފަދަ ފިލްމުތައް ހިމެނެއެވެ. ކަރިޝްމާ އެންމެ ފަހުން ފެނުނު ފިލްމަކީ ބޮޑު ބްރޭކަކަށްފަހު ބޮލީވުޑަށް ތައާރަފްވި ޑޭންޖަރަސް އިޝްގެވެ. ނަމަވެސް އެ ފިލްމުވީ ބޮޑު ފްލޮޕަކަށެވެ.

ކަރިޝްމާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ވެބް ސީރީޒް މެންޓަލްހުޑް ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355