twitterviber whatsapp telegramfacebookyoutube instagram
9th August 2026

މުރައިދޫ ބަނދަރުގެ މަޝްރޫއު ފަށަން ތައްޔާރުވެއްޖެ

ޚަދީޖާ އާދަމް
Jan 2, 2022

ހއ. މުރައިދޫ ބަނދަރު ހެދުމުގެ މަޝްރޫއު ފަށަން ތައްޔާރުވެއްޖެ އެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.

ޑިޒައިން އެންޑް ބިޑް އުސޫލުން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އޮގަސްޓް 25، 2021ގަ އެވެ. އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ އަގަކީ 33.7 މިލިއަން ރުފިޔާ އެވެ. މި މަޝްރޫއުގެ ތެރޭގައި ބަނދަރު ފުން ކުރުމާއި 3،546 ކިއުބިކް މީޓަރު ބަނދަރަށް ވަންނަ ނެރު ފުން ކުރުމުގެ އިތުރުން 212 މީޓަރު އެއްގަމު ތޮށި ޖެހުން ހިމެނެ އެވެ.

އޭގެ އިތުރުން ބަނދަރުގެ 50 މީޓަރުގައި ގްރޮއިން ޖަހައި 107 މީޓަރު އެގްޒިސްޓިންގް ބްރޭކްވޯޓާ ރިޕްރޮފައިލް ކުރަން ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން އެއްގަމު ތޮށިން ބޭރު ތޮއްޓަށް އެރުމަށް ބްރިޖް އެޅުމާއި 105 މީޓަރު ރިވެޓްމަންޓް ޖެހުމާއި 40 މޫރިން ރިންގްސް ހަރުކުރުން އަދި 407 މީޓަރު ބޮޑުހިލައިގެ ބޭރުތޮށި ޖެހުން ހިމެނެއެވެ.

އަދި 10 މޫރިންގް ބޮއި ހަރުކުރުމާއި، ރޭމްޕް ހެދުމާއި ޕޭވްމެންޓް ހެދުމުގެ އިތުރުން 18 މަގު ބައްތި ޖެހުންވެސް މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355