twitterviber whatsapp telegramfacebookyoutube instagram
11th June 2026

ފުލޫ ސާމްޕަލެއް ޕޮޒިޓިވްވެ ކުޅުދުއްފުށީ ޖުމްލަ އަދަދު 26 އަށް

ނަބީލާ އިސްމާޢީލް
Jan 2, 2022
1

ފުލޫ ސާމްޕަލެއް ޕޮޒިޓިވްވެ ކުޅުދުއްފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 26 އަށް އަރާފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން އޮފިޝަލަކު ވިދާޅުވީ މިއަދު ޕޮޒިޓިވްވެފައިވަނީ ރޯގާގެ އަލާމަތްތައް ހުރެގެން ފުލޫ ކުލިނިކަށް ދެއްކި މީހެއް ކަމަށެވެ. އެ މީހާއަކީ ވަރަށް ފަހުން މާލެ ދަތުރުކޮށްފައިވާ ފަރާތެއް ކަމަށްވެސް އޮފިސަލް ވިދާޅުވި އެވެ.

އޮފިސަލް ވިދާޅުވީ މި ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

ގިނަދުވަސްތަކަކަށް ފަހު އެންމެ ފުރަތަމަ ކޮވިޑް ކޭހެއް ފެނުނީ މިމަހު 20 ވަނަ ދުވަހު އެވެ. އެ ހޮސްޕިޓަލުން ބުނީ މިހާތަނަށް ޖުމްލަ 28 ގެއެއްގައި 67 މީހަކު ވަނީ ކަރަންޓީން ކޮށްފައެވެ.

މީގެއިތުރުން ހދގެ އިތުރު ރަށްތަކުން ވެސް ކޮވިޑްގެ ކޭސްތައް ވަނީ ފެނިފަ އެވެ. އެގޮތުން ނައިވާދޫއިން ވަނީ 60 ޕޮޒިޓިވް ކޭހެއް ފެނިފަވާއިރު ހަނިމާދޫއިން 6 ކޭސް، ކިނބީން 7 ކޭސް، ނޮޅިވަރަންފަރުން 1ކޭސް އަދި ވައިކަރަދޫން 1 ކޭސް ވަނީ ފެނިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355