twitterviber whatsapp telegramfacebookyoutube instagram
24th April 2024

ނޮވެމްބަރު ނިމުނުއިރު ރިޒާވްގައި 943.8 މިލިއަން ޑޮލަރު

ޚަދީޖާ އާދަމް
Jan 3, 2022

މި އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 943.8 މިލިއަން ޑޮލަރު ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

މިއީ 2020 ވަނަ އަހަރު ރިޒާވްގައި ހުރި 629.9 މިލިއަން ޑޮލަރާ އަޅާ ބަލާނަމަ ބޮޑު އިތުރުވުމެކެވެ. މިދިޔަ އޮކްޓޫބަރު މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި 947.6 މިލިއަން ޑޮލަރު ހުއްޓެވެ. އެހެންވެ މިހާރު ރިޒާވްގައި ހުރި އަދަދަކީ އޮކްޓޫބަރު މަހާ އަޅާ ބަލާނަމަ ދަށްވުމެކެވެ.

ރާއްޖޭގެ ޖުމްލަ ރިޒާވް އަވަސް އަވަހަށް ބަދަލުވެ އެވެ. ޑޮލަރުގެ މި ރިޒާވް މަތިވެގެންދާ މައިގަނޑު އެއް ސަބަބަކީ ތަފާތު ގޮތްގޮތަށް ދައުލަތުން ނަގާ ދަރަނިތައް ދައުލަތުގެ މާލިއްޔާއަށް ޖަމާވުމެވެ.

މި ރިޒާވްގައި އާއްމު ގޮތެއްގައި ހުންނަނީ އެއް މަހާއި ދެ މަހު ރާއްޖެއަށް މުދާ އިމްޕޯޓް ކުރަން ޑޮލަރު ގަނެވޭނެ ފައިސާ އެވެ. އެއީ ގާތްގަނޑަކަށް 150 މިލިއަން ޑޮލަރާއި 200 މިލިއަން ޑޮލަރު ވަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355