twitterviber whatsapp telegramfacebookyoutube instagram
29th July 2026

ކުޅުދުއްފުށިން މި އަހަރު އަލަށް ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުން މީހުންނަށް ފުރުސަތު ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Jan 4, 2022

1443 ވަނަ އަހަރު ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ކުޅުދުއްފުށިން އަލަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ކުޅުދުއްފުށީ ސިޓީކައުންސިލުން ފުރުސަތު ހުޅުވާލައިފި އެވެ.

ސިޓީކައުންސިލުން ބުނީ 1443 ވަނަ އަހަރުގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދިހުށަހަޅާ ފޯމަށް އިސްލާހެއް ގެނެވިފައިވާތީ ދަފްތަރުގައި ޖެއްސުމަށް ފޯމް ފުރިހަމަކުރުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހެޅުމަށެވެ.

ނަމަވެސް 1442 ވަނަ އަހަރު ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން މިފަހަރު ރަޖިސްޓްރީ ވާކަށް ނުޖެހޭނެ ކަމަށެވެ.

އެ އިދާރާއިން ބުނީ ކައުންސިލަށް ފޯމް ބަލައިގަނެވޭނީ ފޯމްގައި ފުރިހަމަ ކުރަންޖެހޭ ބައިތައް ފުރިހަމަކޮށް، ފޯމާއި އެކު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތަކާއި އެކު ފޯމް ހުށަހެޅުމުންކަމަށެވެ.

ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން ކުރިއަށްދާނީ 02 ޖެނުއަރީ ން 20 ޖެނުއަރީ 2022 އަށް ރަސްމީ ދުވަސްތަކުގެ 09:00 ން 12:00 އަށް ކައުންސިލް އިދާރާއިންނެވެ. އަދި މި ތާރީހުގެ ފަހުން ގެނެވޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355