twitterviber whatsapp telegramfacebookyoutube instagram
18th May 2024

މާލެއަށް މީހުން ޖަމާނުވާނެހެން އަތޮޅުތެރެ ތަރައްގީކުރުން މުހިންމު: ރައީސް

ނަބީލާ އިސްމާޢީލް
Jan 5, 2022
1

ރާއްޖޭގެ ތަރައްގީގެ ޕްލޭނަކީ ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތައް ތަރައްގީކޮށް އެ މީހަކު ހުރި ހިސާބަކުން، ހުރި ރަށަކުން ބޭނުންވާ ހިދުމަތް ދީ، ދަތުރުފަތުރުކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ރާއްޖޭގެ އެއް ރަށާއި އަނެއް ރަށް ގުޅާލުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. މަނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރޭ މަނަދޫ ސްކޫލްގައި ކުރިޔަށްގެންދެވި މި ބައްދަލުކުރެއްވުމުގައި މަނަދޫ ރައްޔިތުން ވަނީ ތަރައްގީއާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އިހުސާސްތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މި ގޮތުން މަނަދޫ ރައްޔިތުން ވަނީ އިއާދަކުރަނިވި ހަކަތައާއި، މަގުހެދުމާއި، ނަރުދަމާގެ މައްސަލަ ހައްލުކުރުމާއި، ބޯހިޔާވަހިކަމުގެ އިތުރުން އިޤްތިޞާދީ ހަރަކާތްތައް ހިންގުމަށް ލޯކަލް މާރުކޭޓެއް އެޅުމާއި، މަނަދޫގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްވަނީ މަނަދޫގެ ތަރައްގީއަށް އަލިއަޅުއްވާލައްވައި އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުގައި ހުރި ކަންކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލުކުރުމަށް މާލޭގައި އެކަނި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަކީ ހައްލެއް ނޫންކަމަށާއި މާލެއަށް މީހުން ޖަމާނުވާނެހެން ރަށްރަށުގެ ކަންކަން އިންތިޒާމްކޮށް، ރަށްރަށުގައި އަސާސީ ހިދުމަތްތައް ތަރައްޤީކުރުމަކީ މުހިންމުކަމެއް ކަމަށެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަކީ ތަރައްޤީއަށް ނުހަނު ބޭނުންތެރި ނިޒާމެއް ކަމަށާއި، ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމުގެ މަޝްރޫއު ގުޅެގޮތުން ރައީސްއާއި އެ މަނިކުފާނުގެ ޓީމުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މަނަދުއަށް މި ކުރައްވާ ދަތުރުފުޅަކީ ނ. އަތޮޅު ފަސް ރަށަކަށް ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ. އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355