ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަންޕްލޭންގައި ހިމަނާފައިވާ، 2023 ގެ ނިޔަލަށް މަދުވެގެން 10 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ނެޓްމީޓަރިންގ އުސޫލުން ޤާއިމުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ކުރިއަށް ގެންދާ ހޯޯމް ސޯލާ ޕްރޮގްރާމު ހިންގުމަށް ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްފި
މި ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހި ރާއްޖޭގެ ކާބަން އެމިޝަންސް ނެޓް ޒީރޯއަށް ގައުމަކަށް ހެދުމެވެ. މި ޕްރޮގްރާމަކީ އެ ޓާގެޓް ހާސިލްކުރުމަށް މަގުފަހިކުރުމަށް ފަށާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން ފަރުދުންގެ ގޭގޭގައި ސޯލާ ސިސްޓަމް ހަރުކޮށް އެގެއަކަށް އެކަށީގެންވާ ކަރަންޓު އުފެއްދުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. އަދި މިކަމުގެ ސަބަބުން އާންމު ފަރުދުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެ އެވެ.
އެގޮތުން 300 ޔުނިޓުގެ ކަރަންޓު ބޭނުންކުރާ ގެއެއްގައި މިޕްރޮގްރާމުގެ ދަށުން 2 ކިލޯ ވޯޓުގެ ގެ ސިސްޓަމެއް ގާއިމުކޮށްފިނަމަ ކަރަންޓަށް މިހާރު ހޭދަކުރާ ނިސްބަތާ އަޅާބަލާއިރު، %90 އަށްވުރެ ބޮޑު އަދަދެއް ކަރަންޓު ބިލުން ސަލާމަތްކުރެވޭނެ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.
މި މަޝްރޫޢުގެ ދަށުން ދޫކުރެވޭ ހޯމް ސޯލާރ ނިޒާމް ތަކަކީ ނިސްބަތުން އަގުހެޔޮ ރައްޔިތުމީހާގެ ޖީބަށް ލުއި އަދި އިންސްޓޯލްމެންޓް އުސޫލުން ދޫކުރެވޭ ނިޒާމުތަކެއް ކަމަށާއި އެހެން ކަމުން މާލީ ބޮޑުތަކުލީފެއް ނެތި މި ނިޒާމުތައް ފަރުދުންނަށް ބައްލަވައިގަނެ ވޭނެކަމަށްވެސް ފެނަކައިން މައުލޫމަތު ދެއެވެ.