ކޮވިޑްގައި މިއަދު ރާއްޖެއިން އިތުރު މީހަކު މަރުވެ، މަރުވި މީހުންގެ ޖުމްލަ އަދަދު 264އަށް އަރައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ މިއަދު މަރުވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.
އެޗްޕީއޭން ބުނީ ރޭ ދަންވަރު 03:12 ހާއިރު، އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ ހާލުބޮޑު މީހަކު މަރުވެފައިވާ ކަމަށެވެ. އޭނާ މަރުވެފައިވަނީ ކޮވިޑް ބަލީގައި ކަމަށް އެޗްޕީއޭއިން ވަނީ ނިންމައިފައެވެ.
މި މީހާގެ މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 264 އަށް އަރައިފައެވެ.
Last night (06/01/22) at 03:12am a 79-year-old Maldivian male brought to IGMH/ER was declared dead.
— Health Protection Agency (@HPA_MV) January 6, 2022
This is the 264th COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant him soul eternal peace in heaven
ރާއްޖެއިން މި ބަލީގައި އެންމެ ފަހުން މީހަކު މަރުވެފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެއީ އައްޑޫ ކޮވިޑް މެނޭޖުމަންޓުގައި ފަރުވާދެމުންދިޔަ އުމުރުން 82 އަހަރުގެ ދިވެހި ފިިރިހެނެކެވެ.
ކޮވިޑް ޖެހިގެން މިއަދު މާލެއިން މީހަކު މަރުވެފައިވާއިރު، މާލެ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އެޗްޕީއޭއިން އެންމެ ފަހުން އާންމު ތަފާސްކުރި ހިސާބުތަކަށް ބަލާއިރު މާލެ ސަރަހައްދުން އެކަނި ވެސް 102 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އަދި ރާއްޖެއިން މުޅި ޖުމްލަ 224 މީހުން ޕޮޒިޓިވްވިއެވެ.