twitterviber whatsapp telegramfacebookyoutube instagram
4th June 2025

ކުޅުދުއްފުށި: މިއަދު އެކަނިވެސް 17 މީހަކު ޕޮޒިޓިވްވެއްޖެ

އަބްދުލް ވާހިދު ޙަސަން
Jan 7, 2022

ކުޅުދުއްފުށިން މިއަދު އެކަނިވެސް 17 މީހަކު ކޮވިޑް ޕޮޒިޓިވްވެފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

މިއީ އެއް ދުވަހާ މިހާ ގިނަ ބަޔަކު ކުޅުދުއްފުށިން ކޮވިޑް ޖެހުނު ފަހަރެވެ. ކޮވިޑްގެ ބަލި މީހެއް ނުފެންނަތާ ދުވަސްތަކަކަށްފަހު އެ ބަލީގެ މީހެއް ފެނުނީ މިހުސްވި ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހު އެވެ.

ހެލްތް އޮފިޝަލުން ވިދާޅުވާގޮތުގައި މިއަދު ޕޮޒިޓިވްވި 17 މީހުންގެ ތެރެއިން 14 މީހުންނަކީ ބުރާސްފަތި ދުވަހު ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓުން ކަމަށެވެ. ބާކީ ތިން މީހުންނަކީ ބަލީގެ އަލާމާތްތައް ފެނިގެން ދެއްކި މީހުންނެވެ.

މިއަދަދާއެކު މިވަގުތު ކުޅުދުއްފުށީގައި ކޮވިޑް ބަލީގެ 34 މީހުން އެބަތިއްބެވެ. ބަލި ޖެހޭ މީހުން ނިސްބަތް އިތުރުވާނެކަމަށް ސިއްހީ އޮފިޝަލުން ވިދާޅުވެފައިވާއިރު މިވަގުތު ކުޅުދުއްފުށީގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ބެލެވެ އެވެ.

ބަލި ޖެހިފައި ތިބި މީހުންގެ ތެރޭގައި ކޭއާރުއެޗުގައި މަސައްކަތްކުރާ ތިން ބިދޭސީ ޑޮކްޓަރަކުވެސް ތިބިއިރު އެ މީހުންނަކީ ކައިރި ދުވަސްވަރެއްގައި ދަތުރުކޮށްފައިނުވާ ބައެއްކަމަށް މައުލޫމާތު ލިބެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355