twitterviber whatsapp telegramfacebookyoutube instagram
4th June 2025

ކޮވިޑް-19: ކުޅުދުއްފުށީގެ އަދަދު 48 އުފުލިއްޖެ

އަބްދުލް ވާހިދު ޙަސަން
Jan 9, 2022
2

ކުޅުދުއްފުށި ސިޓީގެ ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ އަދަދު 48 އަކަށް އުފުލިއްޖެ އެވެ. ހޮނިހިރު ދުވަހު ކޮވިޑްގައި އިތުރު 14 މީހަކު ޕޮޒިޓިވްވި އެވެ. އެއީ ފުލޫގެ ތިން ސާމްޕަލާއި ކޮންޓެކްޓް ރޭސިންގގެ 11 ސާމްޕަލެކެވެ.

މި ފަހުން އެންމެ ގިނަ މީހުން އެ ދުވަހެއްގައި ކުޅުދުއްފުށިން ޕޮޒިޓިވްވީ މިދިޔަ ހުކުރު ދުވަހު އެވެ. އެދުވަހު އެކަނިވެސް 17 މީހަކު ކޮވިޑް ޖެހިފައިވެ އެވެ.

ކޮވިޑްގެ ބަލި މީހެއް ނުފެންނަތާ ދުވަސްތަކަކަށްފަހު އެ ބަލީގެ މީހެއް ފެނުނީ މިހުސްވި ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހު އެވެ. އެ ދުވަހަށްފަހު ކޮވިޑް ކޭސްތައް އަންނަނީ އިތުރުވަމުންނެވެ.

ކުޅުދުއްފުށީގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ބަލި ފެތުރިފައިވޭތޯ ބެލުމުގެ ގޮތުން ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އާބާދީގެ ނިސްބަތުން ވަކި އަދަދަކަށްވުރެ ގިނައިން ފުލޫ ސާމްޕަލް ޕޮޒިޓިވްވާނަމަ އެރަށެއް މޮނިޓަރިންގއަށްލެވޭނެ އެވެ.

ބަލި ޖެހޭ މީހުން ނިސްބަތް އިތުރުވާނެކަމަށް ސިއްހީ އޮފިޝަލުން ވިދާޅުވެފައިވާއިރު މިވަގުތު ކުޅުދުއްފުށީގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ބެލެވެ އެވެ.

ބަލި ޖެހިފައި ތިބި މީހުންގެ ތެރޭގައި ކޭއާރުއެޗުގައި މަސައްކަތްކުރާ ތިން ބިދޭސީ ޑޮކްޓަރަކުވެސް ތިބިއިރު އެ މީހުންނަކީ ކައިރި ދުވަސްވަރެއްގައި ދަތުރުކޮށްފައިނުވާ ބައެއްކަމަށް މައުލޫމާތު ލިބެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355