twitterviber whatsapp telegramfacebookyoutube instagram
13th December 2025

އިންޑިޔާގައި އޮމިކްރޯންގެ ބިރުބޮޑުވެ ފިޔަވަޅުތައް ވަރުގަދަ ކުރަނީ

ޚަދީޖާ އާދަމް
Jan 9, 2022

އޮމިކްރޯން ހަލުވިކަމާއެކު ފެތުރެން ފެށުމުން އިންޑިޔާގެ އެކި ސްޓޭޓުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

އިންޑިޔާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުގައި 159,632 މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ.

އެގައުމުން ބަލި ޖެހުނު މީހުންގެ އަދަދު 35.5 މިލިއަނަށް އަރާފައިވާއިރު އެ ބަލީގައި މިހާތަނަށް އެގައުމުން 484،000 މީހުން ވަނީ މަރުވެފައެވެ. އިންޑިޔާގެ އެންމެ މުއްސަނދި ސުޓޭޓުކަމަށްވާ މަހާރާޝްތުރާގެ ސަރަޙައްދީ ސަރުކާރުން ބުނެފައިވަނީ އެ ސުޓޭޓުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 41،000އަށްވުރެ އިތުރުވެފައިވާކަމަށެވެ.

މަހާރާޝްތުރާގެ ސަރަޙައްދީ ސަރުކާރުންވަނީ ޕޫލްތަކާއި ޖިމުތައް ބަންދުކުރަން ނިންމައިފައެވެ. އެ ސުޓޭޓުގެ މަދަރުސާތައްވަނީ ފެބްރުއަރީ މަހުގެ 15ވަނަ ދުވަހާ ހަމައަށް ބަންދުކޮށްފައެވެ.

މީގެ އިތުރުން މިހާރު ރާއްޖޭން އެ ގައުމަށް ދަތުރު ކުރާ ފަރާތްތަކުންވެސް 7 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355