twitterviber whatsapp telegramfacebookyoutube instagram
29th July 2026

ކޮވިޑް ފެތުރޭތީ އައިޑީކާޑު ހިދުމަތް އެޕޮއިންޓްމެންޓް އުސޫލުން ކުރިއަށްގެންދަނީ

ނަބީލާ އިސްމާޢީލް
Jan 17, 2022
1

ކުޅުދުއްފުށީ ސިޓީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރޭތީ އެ ސިޓީންދޭ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ ހިދުމަށް އެޕޮއިންޓުމެންޓް އުސޫލުން ދޭ ގޮތަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކުރިން ކުޅުދުއްފުށީ ސަރަހައްދީ އޮފީހުގައި ހުރި އައިޑީކާޑު ޔުނިޓް ސިޓީ ކައުންސިލް އިދާރާއަށް ބަދަލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަސްތެރޭގަ އެވެ.

ސިޓީ ކައުންސިލުން ބުނީ ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، 17 ޖެނަވަރީން ފެށިގެން އެހިދުމަތް ދެމުންގެންދާނީ އެޕޮއިންޓްމެންޓް ދޫކޮށްގެން ކަމަށެވެ.

ޕޮއިންޓްމަންޓް ހެއްދުމަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30–9:30 އަށް 6527148 އަށް ގުޅުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ. އަދި އައިޑީކާޑު ބަލައި ދާންވާނީ އެ އިދާރާއިން އެސްއެމްއެސް މެދުވެރިކޮށް އަންގާ ވަގުތެއްގަ ކަމަށެވެ.

ހިދުމަތް ލިބިގަތުމަށް ކޮންމެ ރައްޔިތަކުވެސް ހަމަޖެހިފައިވާ ވަގުތުގަ ދިއުމާއި ހިދުމަތް ހޯއްދެވުމަކީ އެ އިދާރާގެ އިލްތިމާސް އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355