twitterviber whatsapp telegramfacebookyoutube instagram
26th April 2024

މިވަގުތު ކޮވިޑްގެ ހާލަތު ވަރަށް ގޯސް: ޑރ އަފްޒަލް

Jan 18, 2022

މިވަގުތު ކޮވިޑްގެ ހާލަތު ވަރަށް ގޯސްކަމަށާއި މި މަސް ނިމިގެންދާއިރު ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް މަތިވެގެންދާނެކަމަށް ބެލެވޭކަމަށް އެޗްޕީއޭގެ އެޕިޑިއޮމޮލޮޖިސްޓް ޑރ އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި ޑރ އަފްޒަލް ވިދާޅުވި މިއީ ކޮވިޑްގެ 4 ވަނަ ރާޅުކަމަށާއި މިއީ އެންމެ ނުރައްކާ ރާޅަކަށް ވާނެ ކަމަށެވެ.

މިދުވަސްވަރު ކޮވިޑް ކޭސްތައް ގިނަވަމުން ދަނީ ކޮވިޑުގެ އެންމެ ފަހުން ފެނުނު ވޭރިއަންޓް އޮމިކްރޯންގެ ސަބަބުންނެވެ. މިވޭރިއަންޓްގެ އަސަރު އެހެނިހެން ވޭރިއަންޓް ތަކަށްވުރެ ކުޑަ ނަމަވެސް ވައިރަސް ފެތުރޭ މިންވަރު ބާރެވެ.

ޑރ އަފްޒަލް ވިދާޅުވީ މި ވޭރިއަންޓްގައި ބަލީގައި ބޮޑުވަރުވެ އެޑްމިޓްކުރަންޖެހޭ ހާލަތަށް ދާ މީހުން މަދުކަމަށެވެ. ނަމަވެސް ނިސްބަތުން އެހާ ގިނަ ބަޔަކު އެއްފަހަރާ ބައްޔަށް ޕޮޒިޓިވްވެއްޖެނަމަ، ހޮސްޕިޓަލްތަކަށްވެސް ބާރު ބޮޑުވެގެން ހިނގައިދާނެކަން ފާހަގަކުރެއްވި އެވެ.

މި ވޭރިއަންޓް މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުންވެސްވަނީ ފެނިފައެވެ. އެންމެ ފަހުން ކޮވިޑްގެ ހާލަުތު ރާއްޖޭގައި އެންމެ ބޮޑަށް ގޯސްވެގެން ދިޔައީ މިދިޔަ އަހަރު މެއި މަހުއެވެ. އެ މަހު އެކަނިވެސް ރާއްޖޭން 88 ވުރެ ގިނަ މީހުން މަރުވިއެވެ.

ޑރ އަފްޒަލް ވިދާޅުވީ މީގެ ކުރިން ކޭސްތައް އެންމެ ގިނަވިއިރު އެ ޕީކް 1 މަހަށް ދެމިގެން ދިޔަނަމަވެސް މި ފަހަރު ބަލި ޖެހޭ މީހުން އިތުރުވާނެކަމަށް ލަފާކުރެވޭތީ މި ވޭވް މަހަކަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާނެކަމަށް ބެލެވޭކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355