twitterviber whatsapp telegramfacebookyoutube instagram
7th January 2026

ހަނިމާދޫއިން ފުރަން ތައްޔާރުވެފައ އޮތް މޯލްޑިވިއަންގެ ބޯޓެއްގައި ރޯވެއްޖެ

Jan 18, 2022

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ތައްޔާރުވެފައި އޮތް މޯލްޑިވިއަންގެ ފްލައިޓެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ފްލައިޓްގައި ރޯވެފައިވަނީ މިރޭ 19:50 ހާއިރު ބޯޓު ހަނިމާދޫއިން ނައްޓާލަން އުޅުމުގެ ތެރޭގައި ކަމަށެވެ. ރޯވެފައިވަނީ ކޮކްޕިޓް ތެރޭގައިއެވެ.

މި ހާދިސާ މިވަގުތު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށާއި އެއްވެސް ޕަސެންޖަރަކަށް އަނިޔާއެއް ވެފައެއް ނުވާކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ. ހާދިސާގައި ބޯޓަށް ގެއްލުންތަކެއްވެފައިވެއެވެ. އެގޮތުން ބޯޓުގެ ވިންޑް ސްކްރީންގައި ރެނދުލާފައެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި ދިވެހިންނާއި ފަތުރުވެރިންވެސް ތިއްބެވެ. މިވަގުތު ދަނީ ބޯޓް ޓޯ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355