twitterviber whatsapp telegramfacebookyoutube instagram
29th March 2026

ކުޅުދުއްފުށީގައި ކޭސްތައް އިތުރުވަމުންދާތީ ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

ޚަދީޖާ އާދަމް
Jan 19, 2022

ކުޅުދުއްފުށީގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކުރައްވައިފި އެވެ.

އެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ޒަރޫރީ ބޭނުންތައް ފިޔަވާ އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށާއި، ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މާސް ރަނގަޅަށް ބޭނުންކުރުމަށާއި ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމަށްވެސް އެދިފައި ވެއެވެ.

ރޭންޑަމް ސާމްޕަލްތަކާއި ފުލޫ އޯފީޑީއަށް ދައްކާ މީހުންވެސް ޕޮޒިޓިވްވަމުން ދާއިރު ކައުންސިލުން ވަނީ ބަލީގެ އަލާމާތްތައް ފެންނަނަމަ ލަސްނުކޮށް ޓެސްޓް ކުރުމަށް އެދިފައެވެ.

މިވަގުތު ކުޅުދުއްފުށީގެ އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 200 އާއި ގާތްކުރާ އަދަދެއްގަ އެވެ. އަދި ހދ އަތޮޅުގެ 10 ރަށަކުން ވަނީ ކޮވިޑް ކޭސްތައް ފެނިފައެވެ. އޭގެތެއިން 3 ރަށެއް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355