twitterviber whatsapp telegramfacebookyoutube instagram
10th August 2026

40،571 މީހުން ބޫސްޓާ ޑޯޒް ޖަހައިފި

ޚަދީޖާ އާދަމް
Jan 20, 2022

ކޮވިޑް ވެކްސިން ޖެހުމަށް ރާއްޖޭގައި ކުރިއަށް ގެންދާ ގައުމީ ވެކްސިން ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 40،571 މީހަކު ބޫސްޓާ ޑޯޒް ޖަހައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 18 ވަނަ ދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒް 2،846 މީހަކު ޖަހާފައިވެއެވެ. އޭގެތެރޭގައި މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހި 2،562 މީހުންނާއި އަތޮޅުތަކުން ބޫސްޓަރ ޑޯޒް ޖެހި 284 މީހަކު ހިމެނެއެވެ.

ބޫސްޓާ ޑޯޒް ދެނީ ވެކްސިންގެ ދެ ޑޯޒް ޖެހުމަށްފަހު 6 މަސްވެފައިވާ ފަރާތްތަކަށެވެ.

އެގޮތުން ޝަރުތުހަމަވާ ހުރިހާ ފަރާތްތަކުން ބޫސްޓާ ޑޯޒް ޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ފެތުރެމުން އަންނަ ކޮވިޑްގެ އާ ވޭރިއަންޓު، އޮމިކްރޯން އިން ދިފާއުވުމަށް ޓަކައި ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ ވެކްސިންގެ ބާރު ގަދަ ކުރުން ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވަމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު މާސްއެޅުން ވަނީ މަޖުބޫރު ކޮށްފައެވެ. އެޗްޕީއޭއިން ބުނީ މި ހާލަތުގައި އެންމެ މުހިއްމު ކަމަކީ ކޮންމެ ރައްޔިތަކު ވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާ ކުރުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355