twitterviber whatsapp telegramfacebookyoutube instagram
19th June 2026

ކޮވިޑް ފެތުރޭތީ އުތީމް ގަނޑުވަރު ވަގުތީގޮތުން ބަންދުކޮށްފި

ޚަދީޖާ އާދަމް
Jan 20, 2022

ކޮވިޑް ކޭސްތައް އިތުރުވަމުން ދާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުތީމު ގަނޑުވަރުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

އުތީމް ގަނޑުވަރުގެ އިތުރުން ދާރުލް އާސާރުވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. މީގެ ކުރިންވެސް 2020 ވަނަ އަހަރުގެ މާޗު މަހު ކޮވިޑް ކޭސްތައް އިތުރުވުމުގެ ސަބަބުން ގަނޑުވަރާއި ދާރުލް އާސާރު ވަނީ ބަންދުކޮށްފައެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ވިދާޅުވީ މި ފިޔަވަޅަކީ މީހުން އެއްތަނަކަށް އެއްވާ އެއްވުން ވީހާވެސް ކުޑަކޮށް އާނާމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅެއްކަމަށެވެ.

އުތީމު ގަނޑުވަރަށް އަހަރަކު 6000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރެއެވެ. ހާއްސަކޮށް ބަންދު ދުވަސްތަކާ ދިމާކޮށް ގަނޑުވަރު ބަލާލަންދާ މީހުން ވަރަށް ބޮޑަށް އިތުރެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް މިދުވަސްވަރު ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ އިރު ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް އެޗްޕީއޭއިންވެސް ވަނީ ބުނެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް ރާއްޖޭން 2،137 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355