twitterviber whatsapp telegramfacebookyoutube instagram
8th May 2026

އިޔާދަކުރަނިވި ހަކަތައިން ހިންގާ ފުރަތަމަ އެއާޕޯޓަކަށް ގަން އެއާޕޯޓް

ނަބީލާ އިސްމާޢީލް
Jan 20, 2022

އައްޑޫ ސިޓީގައި ޕަވާ ޕާޗޭސް އެގްރީމެންޓް (ޕީޕީއޭ)ގެ ދަށުން 4.5 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމު ގާއިމުކުރަން ނިންމައިފިއެވެ.

އެ މަޝްރޫއަކީ މާލެ ސަރަހައްދު ފިޔަވައި، އަތޮޅުތެރޭގައި މިހާތަނަށް ގާއިމުކުރެވޭ އެންމެ ބޮޑު އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއެވެ. އެ މަޝްރޫއުގެ ދަށުން ސ. ހުޅުމީދޫގައި 2 މެގަވޮޓާގެ ސޯލާ ޕީވީ ބެޓެރީ ސިސްޓަމާއެކު ހަރުކުރާނެއެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި 2.5 މެގަވޮޓްގެ ސޯލާ ޕީވީ ހަރުކުރާނެއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކުރާ ސޯލާ ޕީވީ ނިޒާމުން އެ އެއާޕޯޓަށް ބޭނުންވާ ކަރަންޓުގެ 100 ޕަސަންޓު އުފައްދާނެއެވެ. އެހެންކަމުން ގަން އެއާޕޯޓު ވެގެންދާނީ އިޔާދަކުރަނިވި ހަކަތައިން ކަރަންޓުދެވޭ ރާއްޖޭގެ ފުރަތަމަ ސޯލާ ޕަވާޑް އެއާޕޯޓަށެވެ.

ފެނަކައިން ބުނީ ހުޅުމީދޫގައި ހަރުކުރާ ސޯލާއިން ކުރިމަގުގައި ކައިރީގައި ހުންނަ ރިސޯޓުތަކަށްވެސް އިޔާދަކުރަނިވި ހަކަތަ ފޯރުކޮށްދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އެ މަޝްރޫއުގެ ސަބަބުން ކަރަންޓު އުފެއްދުމަށް ކުރާ ހޭދައިން އަހަރު ގާތްގަނޑަކަށް 2.1 މިލިއަން ލީޓަރު ޑީސަލް އެންދުން މަދުކުރެވޭނެ ކަމަށް ފެނަކައިން ބުންޏެވެ. އަދި ޖައްވަށް ދޫކުރާ ވިހަ ގޭހުގެ ތެރެއިން 5،500 ޓަނު ކާބަނަޑައިއޮކްސައިޑް މަދުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355