twitterviber whatsapp telegramfacebookyoutube instagram
22nd September 2026

ނޮޅިވަރަންފަރުން ބަލިން ރަނގަޅުވި މީހުންގެ އަދަދު 97 އަރައިފި

ޚަދީޖާ އާދަމް
Jan 22, 2022

ހދ ނޮޅިވަރަންފަރުގެ ހާލަތު ރަނގަޅުވަމުން އަންނައިރު މިހާތަނަށް އެރަށުން ބަލިޖެހުނު މީހުންގެ ތެރެއިން 97 މީހަކު ބަލިން ރަނގަޅުވެފައިވާކަމަށް އެރަށު ހެލްތް ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުން ބުނީ މިމަހު 19 ވަނަ ދުވަހާއި ހަމައަށް އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 56 އެވެ. އޭގެތެރޭގައި ހިމެނެނީ 55 ދިވެހިންނާއި ބިދޭސީއެކެވެ.

މިފަހުން އެރަށުން ފުރަތަމަ ކޭސްއެއް ފެނިފައިވަނީ މިމަހު 4 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް 153 މީހަކުވަނީ ޕޮޒިޓިވްވެފައެވެ.

ކޭއޯއަށް މައުލޫމާތު ދެމުން އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް މީގެ ކުރިން ވިދާޅުވީ މިވަގުތު ޕޮޒިޓިވް ވަމުންދަނީ ކަރަންޓީންގައި ތިބި ފަރާތްތަކާއި ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެފައި ތިބި ފަރާތްތައް އެކަނި ކަމަށެވެ. އެގޮތުން ޕޮޒިޓިވްވި އެންމެންގެ ހާލު ރަނގަޅުކަން ނަދީމް ފާހަގަ ކުރެއްވި އެވެ

ކޭސްތައް އިތުރުވަމުން ދިއުމާގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހު 9 ވަނަ ދުވަހުއެވެ. އަދި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ކައުންސިލުންވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293