twitterviber whatsapp telegramfacebookyoutube instagram
18th October 2024

ކުޅުދުއްފުށިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 39 މީހުން

Jan 23, 2022
3

ކުޅުދުއްފުށިން ކޮވިޑް-19 ބަލި ޖެހުނު މީހުންގެ އަދަދު 193 އަށް އަރައިފި އެވެ. މިއަދު މި ބައްޔަށް އަލަށް ޕޮޒިޓިވްވީ 39 މީހެކެވެ.

ކުޅުދުއްފުށީގެ އެންމެ ފަހުގެ ކޮވިޑް މައުލޫމާތަށް ބަލާއިރު މިއަދު ބަލިން ރަނގަޅުވެފައިވަނީ 27 މީހުންނެވެ. ޖުމްލަ ޕޮޒިޓިވް އަދަދުތަކަށް ބަލާއިރު ފުލޫ އޯޕީޑީގެ 61 ކޭސް އާއި ކޮންޓެކްޓުންގެ ގޮތުގައި 107 ކޭސް އަދި ރޭންޑަމް 25 ކޭސް ހިމެނެ އެވެ.

ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި 232 މީހަކަށް 93 ގެޔެއްގައި ކަރަންޓީނުކޮށްފައިވެ އެވެ. ކޮވިޑް 19 ގެ ކޭސްތައް އިތުރުވަމުންދާތީ ކުޅުދުއްފުށި މިދިޔަ ހޮނިހިރުދުވަހު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

މޮނިޓަރިންގއަށް ލުމުން ކުޅުދުއްފުށީގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. އެގޮތުން ދަށް ގުރޭޑް ދަރިވަރުން ސްކޫލަށް ނުގެންދިޔުމާއި ޒަރޫރީ ބޭނުންތަކަށް ފިޔަވާ ގެއިން ބޭރަށް ނުނިކުތުމަށާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރާތް ނުކުރުމަށް އެދިފަ އެވެ.

އަދި އާންމު މައިދާންތަކާއި ޕާކުތަކަށް އެއްވެއުޅުން ހުއްޓާލުމަށާއި އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަމީހުން މަގުމައްޗަށާއި އާންމުތަންތަނަށް އެއްވެ އުޅުން ހުއްޓާލުމަށްވެސް ސިޓީ ކައުންސިލުން ވަނީ އެދިފައިވެއެވެ.

މީގެ އިތުރުން ކޮމިއުނިޓީ ޖިމާއި ބެޑްމިންޓަން ކޯޓު ބަންދުކޮށް ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ގިނަ މީހުން ބައިވެރިވެގެން ކުރިއަށް ގެންދާ ކަސްރަތު ހަރަކާތްތައް ހުއްޓާލުމުގެ އިތުރުން ފިހާރަތަކުން ހިދުމަތް ލިބިގަންނައިރު އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނަށް ސަމާލުވުމަށްވެސް އެދިފައިވެ އެވެ.

ކުޅުދުއްފުށީގެ އިތުރުން ހދ އަތޮޅުގެ ގިނަ ރަށްތަކެއްގައި ކޮވިޑް ފެތުރެމުންދާއިރު އެ އަތޮޅުގެ 9 ރަށަކުން ވަނީ ބަލި ފެނިފަ އެވެ. އެގޮތުން ހަނިމާދޫ، ނޮޅިވަރަންފަރު، ނެއްލައިދޫ، ނޮޅިވަރަމް، ކުރިނބީ، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ އަދި މަކުނުދޫއިން ވަނީ ކޭސްތައް ފެނިފަ އެވެ. އޭގެތެރެއިން މިވަގުތު ހަނިމާދޫ، ނެެއްލައިދޫ އަދި ނޮޅިވަރަންފަރުވެސް އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355