twitterviber whatsapp telegramfacebookyoutube instagram
2nd October 2022

ކުޅުދުއްފުށީގައި ބޫސްޓަރ ޑޯޒް ޖަހަން ހުޅުވާލައިފި

Jan 26, 2022
1

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އާންމުކޮށް ހުޅުވާލައިގެން ކުޅުދުއްފުށި ސިޓީގައި ބޫސްޓާރ ޑޯޒް ދޭން އަންނަ ހުކުރު ދުވަހު ފަށާނެ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ބުނެފި އެވެ.

މިއަދު ކޭއާރުއެޗުން ބުނެފައިވަނީ އަންނަ ހުކުރު ދުވަހުގެ 14:30 ން 16:00 އަށް ވެކްސިން ޖަހާނެކަމަށެވެ.

ކޭއާރުއެޗުން ބުނީ އެ ދުވަހު ކުރިއަށް ދާނީ 18 އަހަރު ފުރި ކޮވިޑްގެ އެއްވެސް ވެކްސިނެއްގެ 2 ޑޯޒް ފުރިހަމަކޮށް 6 މަސްވެފައިވާ ފަރާތްތަކަށް ބޫސްޓާރ ޑޯޒް ދިނުމާއި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ހުރިހާ ފަރާތްތަކަށް 2 ވަނަ ޑޯޒް ދިނުން ކަމަށެވެ.

އަފީފުއްދީން ސްކޫލުގައި ވެކްސިން ކުރިއަށްދާއިރު ވެކްސިން ކާޑާއި އައިޑީ ކާޑު ހިފައިގެން ސާޖިކަލް މާސްކް އަޅައިގެން ވެކްސިން ޖަހަން ދިއުމަށް ކޭއާރުއެޗުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355