twitterviber whatsapp telegramfacebookyoutube instagram
16th August 2026

އިހަވަންދޫއާއެކު އިތުރު 2 ރަށެއްގައި ހޮސްޕިޓަލް އަޅަން ހުޅުވާލައިފި

ޚަދީޖާ އާދަމް
Jan 27, 2022

ހއ. އިހަވަންދޫއާއި ނ. ކެނދިކުޅުދޫ އަދި ޅ. ހިންނަވަރުގައި ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހޮސްޕިޓަލްގެ އިމާރާތް އަޅާދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ތިން ޕްރޮޖެކްޓްގެ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 28 ވާ ހޯމަ ދުވަހުގެ 13:00 ގައި އެ މިނިސްޓްރީގައި ކަމަށެވެ.

އެ ތިން ރަށުގައި ހޮސްޕިޓަލް އެޅުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 690،000 ރުފިޔާ ބަހައްޓަން ޖެހެއެވެ. އެ ތިން ރަށުގައި ހޮސްޕިޓަލް ގާއިމު ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމު ކުރުމާއެކު އަތޮޅުތެރޭގެ ސިއްހީ ނިޒާމު ރަނގަޅު ކުރުމަކީ މިސަރުކާރުގެ ވައުދެކެވެ. އޭގެ ތެރެއިން ކުރިން ހިންގަމުން އަންނަ ބައެއް ހޮސްޕިޓަލްތައް އަޕްގްރޭޑް ކުރުމާއި އާ އިމާރާތްތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355