twitterviber whatsapp telegramfacebookyoutube instagram
1st August 2026

ތުރުކީއާ އެކު ފަސް އެއްބަސްވުމެއްގައި ސޮއިކުރަނީ

ޚަދީޖާ އާދަމް
Jan 29, 2022

ތުރުކީއާ ރާއްޖެއާއި ދެމެދު ފަސް އެއްބަސްވުމެއްގައި ސޮއި ކުރުމަށް ހަމަޖެހިއްޖެ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ޗަވުޝޯލޫ މިހާރު ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައެވެ. މިދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެކެވެ.

އެގޮތުން ސޮއި ކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރީގެ ދާއިރާ އާއި، ސަގާފަތާއި ތަރިކައިގެ ދާއިރާ އާއި، ތިމާވެށީގެ ދާއިރާ އާއި، ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ރާއްޖޭގެ ފޮރިން ސާވިސް ކުރިއަރުވަން ތުރުކީގެ ޑިޕްލޮމަސީ އެކަޑަމީއާ އެކު އެވެ.

މެވްލުތުގެ މިދަތުރުފުޅުގައި މާދަމާގެ ވަގުތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވާނެ އެވެ. އަދި ފޮރިން މިނިސްޓަރު ޝާހިދާއެކު ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް މާދަމާ ކުރިއަށް ގެންދެވުމަށްފަހު ފަސް އެއްބަސްވުމުގައި މާދަމާ ސޮއި ކުރާނެ އެވެ.

ރާއްޖެ އާއި ތުރުކީ އާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ މީގެކުރިން 42 އަހަރު ކުރިން 1979 ވަނަ އަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355