twitterviber whatsapp telegramfacebookyoutube instagram
10th September 2026

ބޭނުންވަނީ ވަރުންހާ ބުރަކޮށް މަސައްކަތް ކުރަން: ނަތާޝާ

Jan 30, 2022

ފެޝަން ޑިޒައިނަރު އަދި ބޮލީވުޑްގެ ކާމިޔާބު ބަލަތު ވަރުން ދަވަންގެ އަންހެނުން ނަތާޝާ ދަލާލް ބޭނުންވަނީ ވަރުން ފަދައިން ބުރަކޮށް މަސައްކަތް ކުރާ މީހަކަށް ވާން ކަމަށް އޭނާ ބުނެފިއެވެ.

އެޗްޓީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އަމިއްލަ މަސައްކަތުން ކުރިއަރައި އަމިއްލަ ނަން ރޯޝަން ކުރަން އަބަދުވެސް ބޭނުންވާކަމަށާއި އެކަމަށް ބުރަ މަސައްކަތްކުރުން މުހިއްމު ކަމަށެވެ.

ވަރުންއާއި ކައިވެނި ކުރިފަހުން ނަތާޝާ ވެގެންގޮސްފައިވަނީ މީޑީޔާތައް އެންމެ ލޯއަޅާ އެއްފަރާތަށެވެ. އެކަމާއި ބެހޭގޮތުން އޭނާބުނީ އެންމެން ދަންނަ މީހަކަށް ވުން އެއީ އޭނާ ދުވަހަކުވެސް އާދަ ވާނެކަމެއް ނޫންކަމަށާއި އެހެންނަމަވެސް މަޝްހޫރުވުމުންވެސް އެކަމުގައި ފައިދާތަކެއް ވާނެ ކަމަށް ގަބޫލްކުރާ ކަމަށެވެ.

ނަތާޝާގެ ޑިޒައިންތައް ވެބް ޝޯ "ސޭ ޔެސް ޓު ދަ ޑްރެސް" ގެ ސެގްމެންޓެއްގައި ވަނީ ދާދިި ފަހުން ދައްކާލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293