twitterviber whatsapp telegramfacebookyoutube instagram
23rd October 2025

ހައި ސްޕީޑް ފެރީގެ ޓެސްޓް ދަތުރުތައް މާދަމާ ހދ. އަތޮޅަށް

ޚަދީޖާ އާދަމް
Jan 31, 2022

ހދ. އަތޮޅުގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ފެށުމަށްޓަކައި ކުރާ ޓެސްޓް ދަތުރުތައް އަންގާރަ ދުވަހު ހދ. އަތޮޅަށް ކުރަން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި ޕްރޮޖެކްޓްގައި ރާއްޖޭގެ ސަރަޙައްދުތައް ބަހާލާފައިވަނީ 6 ޒޯނަކަށެވެ. އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ދަށުން ހައި ސްޕީޑް ފެރީ ނިޒާމުގެ ޚިދުމަތަށް ބޭނުންވާ ސްޕީޑް ފެރީތައް ބަނުމަށް ގަލްފް ކްރާފްޓް މޯލްޑިވްސް އާއި ހަވާލުކޮށްފައިވަނީ 11 އޭޕްރިލް 2021 ގައެވެ.

އެގޮތުން އުތުރުގެ ފެރީ ނިޒާމްގައި ބޭނުންކުރުމަށް ބަނދެފައިވާ 4 ފެރީއެއްގެ މަސައްކަތް ނިމި، އެމްޓީސީސީ ވަނީ ހަވާލުކޮށްފައެވެ. ފެރީ ނިޒާމުގެ ހުރިހާ މަސައްކަތްތައް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.

ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ 4 ލޯންޗު ޓެސްޓަށް ދަތުރުކޮށް ދެ ހަފްތާއަށް ޓެސްޓް ދަތުރުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެއަށްފަހު ސަރުކާރުން މި ހިދުމަތް ފަށާނެ ދުވަހެއް ކަނޑައެޅުމުން ލަސްތަކެއް ނުވެ ހިދުމަތް ފެށިގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެމްޓީސީސީން ގަލްފް ކްރާފްޓް މޯލްޑިވްސް އާ ހަވާލުކުރީ 50 މީހުނެގް ޖާގައިގެ 17 ސްޕީޑް ފެރީއެއް ބަނުމަށެވެ. 30 ނޮޓް ގެ ބާރުމިނެއްގައި ދުވާ މި ފެރީގައި ޕަސްިންޖަރުންގެ ސީޓާއި ކެބިން ފަރުމާކުރެވޭނީ މިފަދަ ދަތުރުތައްކުރުމަށް އެންމެ އެކަށޭނަ ގޮތަށެވެ. އަދި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމްތަކެއް ވެސް މިފެރީތަކުގައި ގާއިމްކުރެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355