twitterviber whatsapp telegramfacebookyoutube instagram
18th July 2025

ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 72،000 އަރައިފި

Feb 1, 2022

ކޮވިޑް ވެކްސިން ޖެހުމަށް ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމުގެ ތެރެއިން އިތުރު 2،601 މީހުން ބޫސްޓާ ޑޯޒް ޖަހައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އާދީއްތަ ދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒް 2601 މީހަކު ޖަހާފައިވެއެވެ. އޭގެތެރޭގައި މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހި 927 މީހުންނާއި އަތޮޅުތަކުން ބޫސްޓަރ ޑޯޒް ޖެހި 1674 މީހަކު ހިމެނެއެވެ.

މިވަގުތު ރާއްޖޭން 72،825 މީހުންވަނީ ބޫސްޓާ ޑޯޒް ޖަހާފައިވާއިރު މިހާތަނަށް ވެކްސިންގެ ދެ ޑޯޒްފުރިހަމަ ކުރި މީހުންގެ އަދަދުވަނީ 397،615 އަރާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355