twitterviber whatsapp telegramfacebookyoutube instagram
18th May 2024

މާލެ ރައްޔިތުންނަށް މަދުވެގެން 2000 ގޯތި ދޭނަން: ރައީސް

ނަބީލާ އިސްމާޢީލް
Feb 3, 2022

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއު ހައްލުކުރުމުގެ ގޮތުން ހުޅުމާލޭގައި އިތުރު 2000 ހައުސިން ޔުނިޓު މި އަހަރު އަޅަން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ ބޯހިޔާވަހިކަމާ ރައްޔިތުން ގެދޮރުވެރިވުމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ އެންމެ ބޮޑުކަންތައް ކަމަށެވެ. މިކަން ހައްލުކުރުމުގެ ގޮތުން ކުރެވޭ ކަންކަމަށް ވުރެ ދެކެވޭ ވާހަކަ ގިނަ ކަމަށް އިހުސާސް ކުރެވޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިހާރުވެސް 5000 ހައުސިން ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި ހިނގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް ދެހާސް ހައުސިން ޔުނިޓްގެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.

އެ ގޮތުން ހުޅުމާލެ އާއި ގުޅީފަޅުން އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުންވެސް ގޯތި ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށްވެސް އަޅުގަނޑު ނިންމައިފިން. އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1،000 ގޯތި، ގުޅީފަޅުން މަދުވެގެން 2،000 ގޯތި ދޭނަން. މި މަސައްކަތް ތިޔަ ބޭފުޅުންނާއެކު މިއަހަރު ޖޫންގާ އަޅުގަނޑު ފަށާނަން. އަދި އޭގެ އިތުރަށް ގިރާވަރު ފަޅު ހިއްކާ އެ ބިމުންވެސް މަދުވެގެން 2،000 ގޯތި މާލޭ ރަށްވެހިންނަށް ދޭނަން ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެދާ ގޮތަށް ގޮސް ގުޅާލެވޭ ތަނަކަށް ވާނެ،" ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ރިޔާސީ މި ދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު. ދިވެހި ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް އިޖުތިމާޢީ މައްސަލައެވެ. މި މައްސަލަ ހައްލުކޮށްދެވުމަށް ރަށްރަށަށް ބިން އިތުރުކުރުމަށް، ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް މިހާރުވެސް ސަރުކާރުން ދަނީ ކުރިއަށްގެންދަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355