twitterviber whatsapp telegramfacebookyoutube instagram
1st August 2026

އިތުރު 1،576 މީހަކު ކޮވިޑަށް ޕޮޒިޓިވް

Feb 8, 2022

ފާއިތުވީ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އިތުރު 1،576 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއާއިއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 151،913 އަށް އަރާފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަލަށް ޕޮޒިޓިވްވި މީހުން ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 517 މީހުންނާއި އަތޮޅުތެރޭގެ ރަށްރަށުން 771 މީހުން އަދި ރިސޯޓުތަކުން 87 މީހުން ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖޭގައި އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ތިބީ 16،775 މީހުންނެވެ. އޭގެ ތެރެއިން 60 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ. ބަލީގައި ރާއްޖެއިން މިހާތަނަށް 284 މީހަކު ވަނީ މަރުވެފައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 16،775 މީހުންނެވެ. މިހާތަނަށް 134،841 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355