twitterviber whatsapp telegramfacebookyoutube instagram
2nd June 2025

ކޮންމެ ކަމެއްގައި ވަކިގޮތެއް ނިންމަނީ ސަބަބެއް އޮވެގެން: ދިޕިކާ

Feb 9, 2022

ދިޕިކާގެ ކުރިއަށް އޮތީ ފިލްމު ގެހެރާއިޔާން އެވެ. މިފިލްމުގެ ޕްރޮޕޯޝަންގެ މަސައްކަތުގައި އެ ފިލްމުގެ ހުރިހަ ތަރިންވެސް އަންނަނީ އެއްވަރަށް ބައިވެރިވަމުންނެވެ. އެ ތަރިންގެ ސޯޝަލް މީޑިއާގެ ވަކިވަކި ޕްރޮފައިލްތަކުގައި އަންނަނީ ފިލްމު ޕްރޮމޯޓް ކުރަމުންނެވެ.

އެގޮތުން ދާދި ފަހުން ފިލްމުގެ ހަރަކާތްތެރިވާ އަނެއް ބަތަލާ އަނަންޔާ ޕާންޑޭވެސް ވަނީ އޭނާގެ ކެރެކްޓާގެ ހުލާސާއެއް ވީޑިއޯގެ ސިފައިގައި ބެލުންތެރިންނާ ހިއްސާކޮށްފައެވެ.

ފިލްމާ ބެހޭގޮތުން ދިޕިކާ ބުނީ ކޮންމެ މީހަކުވެސް ވަކި ކަމެއްގައި ވަކި ގޮތެއް ނިންމަނީ ސަބަބަކާ ހުރެކަމަށެވެ. އެކަން އޭނާއަށް އަބަދުވެސް ގަބޫލް ކުރެވޭކަމަށާއި ނަމަވެސް މި ފިލްމަށްފަހު އެކަން މާބޮޑަށް އޭނާއަށް ދަސްވެއްޖެ ކަމަށެވެ.

މި ފިލްމުގައި ސިދާންތު ޗަތުރުވެދީ އަދި ދައިރްޔާ ކަރްވާ މުހިއްމު ރޯލުތަކުން ފެންނާނެއެވެ. ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އެމަޒޯން ޕްރައިމްއިން ފެބްރުއަރީ 11 ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355