ޑައިރެކްޓަރު ސަމީރު ވިދްވާން އެންމެ ފަހުން އިއުލާން ކުރި މަސައްކަތް އަންނަ މަހު ފަށަން ހަމަޖެއްހިއްޖެ އެވެ.
މި ފިލްމަކީ ހިންދޫ ދީނުގެ ތާރީހުގެ މައްޗަށް ހަދާ ފިލްމެއް ކަމުން މީގެ ކުރިން އިއުލާނުގެ ކުރި ފިލްމުގެ ނަމާ މެދު ވަނީ ވަރަށް ބޮޑު ބަހުސަކަށް ގޮސްފައެވެ. އެހެން ކަމުން ފިލްމުގެ ނަން އަދިވެސް ފައިނަލެއް ނުވެއެވެ.
މިފިލްމު އިއުލާންކޮށްފައި އޮންނަތާ ގާތްގަނޑަކަށް 7 މަސްވަރު ވެފައިވާއިރު ފުރަތަމަ ފިލްމުގެ މަސައްކަތް ފަށަން އޮތީ ޑިސެންބަރު މަސްތެރޭގައެވެ. ނަމަވެސް އިންޑިޔާގައި އެދުވަސް ވަރު ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވުމުން މަސައްކަތް ނުފެށި ލަސްވީ އެވެ.
ފިލްމުގައި ފެނިގެންދާނީ ކާތިކް އާރިޔަން އަދި ކިއާރާ އަދުވާނީ އެވެ. މި ދެތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމު ބޫލް ބުލައްޔާ 2 ގެ ޕްރޮމޯޝަންގެ މަސައްކަތްވެސް ކުރިއަށް އެބައޮތެވެ.