twitterviber whatsapp telegramfacebookyoutube instagram
16th July 2025

ޑަކޯޓާއަށް ކުރިއަށް އޮތް ސްޕައިޑަ މޭން ފިލްމުގެ ރޯލެއް

Feb 9, 2022

ސޮނީގެ ކުރިއަށް އޮތް "ސްޕައިޑަ މޭން ސްޕިން އޮފް" ފިލްމުގެ މެޑަމް ވެބްގެ ރޯލް ޑަކޯޓާ ޖޯންސަންއަށް ހުށައަޅައިފި އެވެ.

އެކަން ޑަކޯޓާ ޔަގީންކޮށްދީފައިވާއިރު މިއީ އޭނާ މިހާތަނަށް ކުޅޭން އެންމެ ތަފާތު ރޯލެވެ. ސޮނީއިން މާވެލްއާއެކު ހަދާފައިވާ އެއްބަސްވުމުގެ ތެރެއިން އެ ކުންފުނިން އަންނަނީ މޮޅެތި ފިލްމުތަކެއް އުފައްދަމުންނެވެ.

އެގޮތުން 2018 ނެރުނު ވެނޮމް އަދި މިދިޔަ އަހަރު ނެރުނު އެ ފިލްމުގެ ދެވަނަ ބައި ފާހަގަކޮށްލެވެއެވެ.

މެޑަމް ވެބްގެ ކެރެކްޓާ ފިލްމަކަށް ފިޓް ކުރުމުގެ މަސައްކަތް 2019 ވަނަ އަހަރު ވަނީ ސޮނީން ފަށާފައެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އެ ކެރެކްޓާ އުފެއްދުމުގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެގެން ދިޔައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355