twitterviber whatsapp telegramfacebookyoutube instagram
5th May 2024

ކޮވިޑުގައި އިތުރު މަރެއް، މިއީ މިމަހުގެ 10 ވަނަ މަރު

Feb 10, 2022

ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެ މި ބަލީގައި ރާއްޖޭން މަރުވި މީހުންގެ އަދަދު 287 އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މަރުވެފައިވަނީ ޏ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ 80 އަހަރުގެ ފިރިހެނަކު ކަމަށެވެ. އެމީހާ މަރުވީ މިއަދު މެންދުރު 11:42 ހާއިރު އެވެ.

މިއީ މިމަހުގެ 10 ވަނަ މަރެވެ. އޮމިކްރޯން ވޭރިއެންޓާއެކު ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު މިވަނީ އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް މި ބައްޔަށް ރާއްޖެއިން 1096 މީހަކު ޕޮޒިޓިވްވިއެވެ. އޭގެ ތެރެއިން 338 މީހުނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުނެވެ.

މިހާރު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދުވަނީ 16،095އަށް އަރާފައެވެ. މީގެތެރެއިން 60 މީހުނަށް ފަރުވާދެނީ ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355