twitterviber whatsapp telegramfacebookyoutube instagram
19th April 2024

އާސިއްޕެގެ ޖާދުލާއެކު ފަހަތުން އަރާ ހަނިމާދޫއިން ނޮޅިވަރަންފަރު ބަލިކޮށްފި

މުޙައްމަދު އަހުމަދު
Feb 11, 2022

މިހާރު ކުރިއަށްދާ ޓެކާސް މޯލްޑިވްސް ކަޕްގައި ރޭ ހަނިމާދޫގެ ހުނަރުވެރި ކުޅުންތެރިޔާ އާސިފް ސަލީމް (އާސިއްޕެ)ގެ ޖާދުލާއެކު ހަނިމާދޫއިން ފަހަތުން އަރާ 6 - 2 ން ނޮޅިވަރަންފަރު ބަލިކޮށްފި ހަމަޖެހިލައިފި އެވެ.

ރޭގެ މެޗުގައި ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައިރު މެޗުގެ ފަހު ވަގުތުކޮޅާ ހަމައަށް ވެސް ދެޓީމުން ވަރަށް އެއްވަރުކޮށް އޮތުމަށްފަހު މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި ހަނިމާދޫގެ މުއްލާ ވަނީ އެޓީމަށް ހެޓްރިކެއް ހަދައިދީފަ އެވެ. މެޗުގައި އާސިއްޕެގެ އިތުރުން މުއްލާގެ ހެޓްރިކެއް ފެނިގެންދިޔަ އެވެ.

ހެޓްރިކެއްގެ އިތުރުން މެޗުގައި އާސިއްޕެގެ ދެ އެސިސްޓް ވެސް ފެނިގެންދިޔަ އެވެ. މިމެޗުގައި އޭނާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު މުޅި މުބާރާތުގައި ވެސް އާސިއްޕެ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި މިމުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލްކުރީ އާސިއްޕެ އެވެ.

މިމެޗުން މޮޅުވެ ޖުމްލަ 9 ޕޮއިންޓާއެކު އެއްވަނައިގައި ހަނިމާދޫ އޮތްއިރު ދެވަނައިގައި 6 ޕޮއިންޓާއެކު ކުޅުދުއްފުށި އޮތްއިރު ދެން އޮތް ޓީމުތަކަށް ލިބިފަައިވަނީ 3 ޕޮއިންޓެވެ. މިއަދު ހަވީރު ހަނިމާދޫއިން ކުމުންދޫއާ ދެކޮޅަށް ނުކުންނައިރު އެމެޗުން މޮޅުވެއްޖެނަމަ އެއްވަނައިގައި ހުރިހާ މެޗަކުން މޮޅުވެ ހަނިމާދޫ ފައިނަލަށް ދަތުރުކުރާނެ އެވެ. މިއަދުގެ މެޗުން ބަލިވިނަމަވެސް ހަނިމާދޫއަށް ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ.

މިއަދު ހަނިމާދޫއާ ކުމުންދޫ ކުޅޭ މެޗު ފަށާނީ ހަވީރު 5 ޖަހާއިރު ނޮޅިވަރަންފަރު ޓާފް ދަނޑުގަ އެވެ. އަދި މިރޭ ކުޅުދުއްފުށި ނޮޅިވަރަންފަރާ ދެކޮޅަށް ނުކުންނަ މެޗު ފަށާނީ 8:30 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355