twitterviber whatsapp telegramfacebookyoutube instagram
18th September 2026

އެއްވަނައިގައި ހަނިމާދޫ ފައިނަލަށް ދަތުރުކުރިއިރު ކުމުންދޫ މުބާރާތުން ކަޓައިފި

މުޙައްމަދު އަހުމަދު
Feb 11, 2022

މިހާރު ނޮޅިވަރަންފަރުގައި ކުރިއަށްދާ ޓެކާސް މޯލްޑިވްސް ކަޕްގެ ހދ ބުރުގެ ހުރިހާ މެޗަކުން މޮޅުވެ ސައްތައިން ސައްތަ ރެކޯޑަކާއެކު ތާވަލުގެ އެއްވަނައިގައި ހދ. ހަނިމާދޫ ފައިނަލަށް ދަތުރުކޮށްފި އެވެ.

މިއަދު ހަވީރު ކުޅެވުނު މެޗުގައި 5 - 3 ން ހަނިމާދޫއިން ކުމުންދޫ ބަލިކުރިއިރު ވެސް އެޓީމު ވަނީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. އެހެންނަމަވެސް މިއަދު ހޯދި މޮޅާއެކު އެޓީމުން ވަނީ ޖުމްލަ 12 ޕޮއިންޓް ހޯދާ އެއްވަނައިގައި ފައިނަލަށް ދަތުރުކޮށްފަ އެވެ.

މިއަދު ކުޅެވުނު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހަނިމާދޫގެ ޖޯޒީ ނަމްބަރު 14 އާލިފް އިބްރާހީމް އެވެ. މީގެކުރިން ހަނިމާދޫ ކުޅުނު އެހެން ހުރިހާ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާ ހޯދީ އެޓީމުގެ ޖޯޒީ ނަމްބަރު 7 އާސިފް ސަލީމް އެވެ.

މިރޭ މިމުބާރާތުގެ ފަހު މެޗު ކުޅެވޭނެ އެވެ. މިމެޗުގައި ކުޅުދުއްފުށި ނުކުންނާނީ ނޮޅިވަރަންފަރާ ދެކޮޅަށެވެ. މިމެޗުން ކުޅުދުއްފުށި މޮޅުވެއްޖެނަމަ ދެވަނައިގައި އެޓީމު ފައިނަލަށް ދާނެ އެވެ. އެހެންނަމަވެސް ނޮޅިވަރަންފަރު މޮޅުވެއްޖެނަމަ ދެޓީމު ޕޮއިންޓްގެ ގޮތުން ހަމަހަމަވާނެ އެވެ. އޭރުން ބަލާނީ ގޯލް ޑިފަރެންސަށެވެ. ކުޅުދުއްފުށި ނޮޅިވަރަންފަރު ކުޅޭ މެޗު ފަށާނީ މިރޭ 8:30 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293