twitterviber whatsapp telegramfacebookyoutube instagram
3rd February 2026

ޖެނުއަރީމަހު މުދަލު ޒަކާތުގެ ގޮތުގައި 7 މިލިއަން ރުފިޔާ

ޚަދީޖާ އާދަމް
Feb 13, 2022

މުދަލު ޒަކާތުގެ ގޮތުގައި ޖެނުއަރީމަހު 7.03 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 90.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރަކީ އެންމެ ގިނައިން މުދަލު ޒަކާތް ލިބުނު އަހަރެވެ.

ޖެނުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދަށް ވުރެ މިދިޔަ ޑިސެމްބަރު މަހު ލިބުނު އަދަދު އިތުރެވެ. ޑިސެމްބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި 11.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އަދި މީރާ އަށް ހާޒިރުވެގެން ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އިންތިޒާމު އެ އޮތޯރިޓީން އޮންނަނީ ހަމަޖައްސާފަ އެވެެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފަ އެވެ.

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. މުދަލު ޒަކާތުގެ ނިޞާބު އެންމެ ފަހުން ކަނޑައަޅާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 20 ވަނަ ދުވަހު އެވެ. އެގޮތުން ރާއްޖޭގައި މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަކީ 6،961.50 ރުފިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355