twitterviber whatsapp telegramfacebookyoutube instagram
29th April 2026

ކުނި އުކާލަން ނޫން ގޮތަކަށް ކުނިކޮށްޓަށް ވަދެއްޖެނަމަ ޖޫރިމަނާ ކުރާނެ!

ނަބީލާ އިސްމާޢީލް
Feb 15, 2022
2

ކުނި އުކާލަން ނޫން ބޭނުމެއްގައި ކުޅުދުއްފުށީ ކުނިކޮށްޓަށް ވަދެ ނިކުމެ އުޅުމަކީ މަނާ ކަމެއް ކަމަށާއި އެގަވައިދާ ހިލާފުވާ ފަރާތްތަކުން ޖޫރިމަނާ ކުރާނެ ކަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން ބުނީ ކުނިކޮށީގައި އަލިފާން ރޯކުރުމުގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ތަކްލީފުތަކެއް ކުރިމަތިވަމުންދާތީ ކުނިކޮށީގައި އެއްވެސް ފަރާތަކުން އަލިފާން ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

"ކުނިކޮށީގައި އަލިފާން ރޯކުރުމުގެ ސަބަބުން ކައުންސިލް އިދާރާގެ ފަރާތުން ކުނިކޮށްޓަށް އެޓެންޑްވާއިރު، ކުނިއުކާލަން ނޫން ބޭނުމެއްގައި ކުނިކޮށްޓަށް ވަދެއުޅޭ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ކަމަށް ދަންނަވަން" އެ އިދާރާއިން ބުންޏެވެ.

އަދި ކުނިކޮށީގައި އަލިފާން ރޯކުރާ ފަރާތްތަކާއިމެދުވެސް ފިޔަވަޅު އެޅޭނެ ކަމަށް ކައުސިލުން ބުނެއެވެ.

މި އެންގުމާއި ހިލާފުވާފަރާތްތަކާއި މެދު ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން 5000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމުގައި އެއިދާރާއިން ބުންޏެވެ.

ކުނިކޮށި ވަށައިގެން އޮންނަނީ އާއްމުން އެކި ބޭނުންތަކަށް ބޭނުންކުރަން އަންނަ މުހިއްމު ތަންތަނެވެ. ނަމަވެސް ކުނިކޮށި އަންދާނަމަ އިރުމަތިން ވައިޖެހޭ ދުވަސްވަރު ރަށުތެރޭގެ ބޮޑު ބަޔަކަށް އެ ދުމުގެ އަސަރު ކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355