twitterviber whatsapp telegramfacebookyoutube instagram
9th August 2026

ދުބާއީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް

Feb 16, 2022

ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ދިވެހިންނަށް ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވާ މީހުންގެ ޓިކެޓު ޚަރަދާއި، ހުރުމުގެ ހަރަދު ދިނުމަށް ހަމަޖެހިފައި ވަނީ ޔުނައިޓެޑް ޢަރަބި އެމިރޭޓްސް އިންނެވެ.

މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ޙާފިޡަކަށް ވުމާއި، ފިރިހެނަކަށް ވުމާއި ތަޖުވީދުގެ ހުކުމްތަކާ އެކު، ޤުރުއާން ފުރިހަމައަށް ކިޔަވަން ދަންނަ މީހަކަށް ވުމުގެ އިތުރުން ދިވެއްސަކަށް ވުމެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މި އަހަރުގެ ރަމަޟާން މަހުގެ އެއް ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއަށް ފުރުސަތު ލިބިފައިވާ ކަމަށެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ މީހުން، އެކަމަށް އެދި ސިޓީ އަކުން ހުށަހެޅުމަށް އެ މަރުކަޒުން ވަނީ އެދިފައެވެ. މެއިލް ކުރާ ނަމަ، [email protected] އަށް މެއިލް ކުރުމަށް އެ މަރުކަޒުން ވަނީ އެދިފައެވެ.

އެގޮތުން ވަނަވަރާއި އައިޑީކާޑުގެ ކޮޕީގެ އިތުރުން، ޝަރުތު ހަމަކުރަން ބޭނުންވާ ލިޔުންތައް، މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 1:30ގެ ކުރިން ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒަށް ހުށަހަޅަން ޖެހެއެވެ.

އެ މުބާރާތުގައި ބައިވެރިވެވޭނީ، މި އަހަރުގެ އޭޕްރީލް 16 އަށް، 25 އަހަރު ފުރިފައި ނުވާ މީހުންނަށެވެ. އަދި މީގެ ކުރިން މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށް މިއަހަރުގެ މުބާރާތުގައި ބައިވެރިއެއް ނުވެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355