twitterviber whatsapp telegramfacebookyoutube instagram
5th August 2026

ސިފައިންގެ އުޅަނދުތައް އިންޝުއަ ކުރާނެ ބަޔަކު ހޯދަނީ

Feb 17, 2022

ދިވެހި ސިފައިންގެ ހުރިހާ އުޅަނދުތަކާއި ވެހިކަލްތައް އިންޝުއަރެންސް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

ސިފައިންގެ އުޅަނަދުތައް އިންޝުއަރެންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް މީގެ ކުރިންވެސް އިއުލާންކުރިއެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން ބުނީ މިނިސްޓްރީ އޮފް ޑިފެންސްގެ އެދުމަކަށް އެމްއެންޑީއެފްގައި ބޭނުންކުރާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުތައް އިންޝުއަ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 90،000ރ. ހުށަހަޅަން ޖެހެ އެވެ. އަދި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

އިންޝުއަރެންސް ދޭން ކުރިމަތިލާ ކުންފުންޏެއްގެ ރައުސުލްމާލު ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ނުވަ މިލިއަން ރުފިޔާގައި ހުންނަން ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355