twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފެނަކަ ހޯމް ސޯލާ ޕްރޮގްރާމް: އިއާދަކުރުވަނިވި ހަކަތައިގައި ފަރުދުންގެ ހިއްސާ, ސާފުވެށި އުޖާލާ މުސްތަގުބަލަކަށް

Feb 17, 2022

ފެނަކަ ހޯމް ސޯލާ ޕްރޮގްރާމަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި މިނިސްޓްރީީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި ގުުޅިގެން ހިންގާ ޕްރޮގްރާމެކެވެ. ފެނަކައިން ބުނީ ހޯމް ސޯލާ ޕްރޮގްރާމަކީ އެކި ސަބަބުތަކާހުރެ ހުއްޓުމެއް ނެތި ބޮޑުވަމުން އަންނަ ކަރަންޓުބިލުތަކަށް ދާއިމީ ހައްލެއްކަމަށެވެ.

އެގޮތުން މިއީ އާންމު ފަރުދުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމާއެކު ސަރުކާރުން ކަރަންޓު އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެގޮތުން، ހޯމް ސޯލާއަށް ބަދަލުކުރުމުން މަހުން މަހަށް އަންނަ ކަރަންޓު ބިލު 97 ޕަސަންޓާ ހަމައަށް ކުޑަކުރެވިގެންދާނެއެވެ. އެހެން ކަމުން ކަރަންޓު ބިލަށް މަހަކު 2،000 އަރާ ގޭގޭގައި 60 ރުފިޔާއަށް ބިލު ކުޑަކޮށްލެވިގެންދާނެއެވެ. އޭގެ އިތުރުން، އެ ހިދުމަތަކީ މެއިންޓެނެންސް ހަރަދު ކުޑަ، އިރުގެ އަލިން ގެ ދިއްލައިލަދޭ އަދި ފިނިކޮށްދޭ ޕަވާ ޕްލާންޓެކެވެ. އަދި ދިގުު މުއްދަތަކަށް އިތުރު ތުރާލަކާ ނުލައި ބޭނުންކުރެވޭ އިރު، އާދައިގެ މަތިން ހޯމް ސޯލާ ނިޒާމެއް 20 އަހަރާއި 25 އަހަރާ ދެމެދުގައި ބޭނުންކުރެވެއެވެ.

ހޯމް ސޯލާ ނިޒާމު ގާއިމު ކުރަން ބޭނުންވާ ފަރާތްތަކަށް ފެނަކަ ޓީމުން ކޮންސަލްޓޭޝަން ހިދުމަތް ފޯރުކޮށްދެއެވެ. އަދި ހިދުމަތް ފޯރުކޮށްދިނުމާއި މައުލޫމާތު ފޯރުކޮށްދިނުމާއި މައުލޫމާތު އޮޅުންފިލުވައިދީ އިރުޝާދު ދިނުމުގައި ފެނަކަ ޓީމުން އެހީތެރިވާނެއެވެ. ނެޓް މީޓަރުންގެ ދަށުން ކަސްޓަމަރުން ކުރަން ޖެހޭ ކަމަކީ ފެނަކައިގެ އެޕްލިކޭޝަން ފޯމު ފުރުމާއި ހޯމް ސޯލާ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރުމެވެ.

ހޯމް ސޯލާ ނިޒާމު ގާއިމު ކުރުމަށް ފެނަކައިން ވަނީ ހާއްސަ ޕްލޭންތަކެއް އެކުލަވާލައިފައެވެ. އެއީ:

35،000 ރުފިޔާއަށް ލިބޭ 2 ކިލޯވޮޓްގެ ޕްލޭން

55،000 ރުފިޔާއަށް ލިބޭ 3 ކިލޯވޮޓްގެ ޕްލޭން

80،000 ރުފިޔާއަށް ލިބޭ 5 ކިލޯވޮޓްގެ ޕްލޭން

އެ ޕްރޮގްރާމް ބައްޓަންކޮށްފައި ވަނީ ފެނަކައިގެ ހިޔާވަހިކަމުގެ ދަށުގައިވާ ކޮންމެ ގޭބިސީއަކަށް ހެޔޮ އަގުގައި ފައިސާ ދެއްކޭނެ ނިޒާމެއްގެ ދަށުން ސާފު މުސްތަގުބަލެއް ހޯދުމަށް މަގުފަހިކޮށްދޭނެ ގޮތަކަށެވެ. ތިމާވެއްޓާއި ރައްޓެހި އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމުގައި ހުރި ބުރަތަކަށް ލުއި ގެނުވައިދިނުމަކީ ފެނަކަގެ އަމާޒެކެވެ.

އެ ނިޒާމުގެ ސޯލާ ފޮޓޯވޮލްޓިކް ސިސްޓަމް (ޕީވީ) އަކީ “ވަން ސައިޒް ފިޓްސް އޯލް” ސޮލިއުޝަނެއް ނޫނެވެ. ކަސްޓަމަރުން އެޕްލިކޭޝަން ޕްރޮސެސްކޮށް ނިމުމާއިއެކު، ފެނަކައިން ޓެކްނިކަލް ޓީމް ކަސްޓަމަރުންގެ ގެއަށް ގޮސް، ހަކަތަ ބޭނުންކުރެވޭ މިންވަރާއި ފުރާޅުގެ ޖާގަ، އަދި މިނޫންވެސް އެތައް ކަމެއްގެ މައްޗަށް ބިނާކޮށް، އެތަނަކަށް އެންމެ އެކަށޭނަ ހޯމް ސޯލާ ސިސްޓަމެއް ޑިޒައިން ކުރުމަށް ބޭނުންވާ ހުރިހާ ސާވޭތަކާއި އެސެސްމަންޓްތައް ތައްޔާރުކޮށްދޭނެއެވެ.

ހޯމް ސޯލާ އިންސްޓޯލް ކުރުމުގައި ސާވޭ، އަދި އެސެސްމެންޓުތައް ނިމި، އިންސްޓޯލްކުރާނެ ކެޕޭސިޓީ ކަނޑައެޅުމުން އެ ފުރާޅަކަށް ބޭނުންވާ ސޯލާ ޕެނަލްތައް އެ ރަށަކަށް ފޮނުވިގެންދާނެއެވެ. އަދި ކަސްޓަމަރުންގެ އަތުން އިތުރަށް އަގެއް ނުނަގައި ފެނަކަ ޓެކްނިކަލް ޓީމުން ފުރާޅުގައި އިރުގެ އަލިން ހަކަތަ އުފައްދާ ޕަވާ ޕްލާންޓަކަށް ބަދަލުކޮށްދޭނެއެވެ.

ހޯމް ސޯލާ ނިޒާމާއެކު ޖައްވަަށް ފޮނުވާލެވޭ ވިހަ ގޭހުގެ މިންވަރު މަދުކޮށް، ސާފު އަދި ރައްކާތެރި މުޖުތަމައެއް ބިނާކުރެވިގެން ދާނެއެވެ. މި ނިޒާމުގެ ސަބަބުން ސަރުކާރުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލު ކުރުމަށްވެސް އެހީވެދޭނެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355