twitterviber whatsapp telegramfacebookyoutube instagram
20th August 2026

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަން އުވާލައްވައިފި

Feb 22, 2022

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދުން ފެށިގެން އުވާލައްވައިފި އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަން އުފެއްދެވީ ފެބުރުއަރީ 20، 2020ގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ.

ކޮމިޝަން އޭރު އުފެއްްދެވީ ގާނޫނުއަސާސީއާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާ ގުޅޭ ގާނޫނުތަކާއި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދަތަކަށް ރިއާޔަތް ކުރުމަށްފަހު އެވެ.

އެގޮތުން މި ކޮމިޝަން އުވާލައްވައި ނެރުއްވި ގަރާރުގައި ކޮމިޝަން އުވާލެއްވީ އެ ކޮމިޝަނުގެ މަސައްކަތް ނިންމާފައިވާތީ ކަމުގައި ބަޔާންކުރައްވާފައިވެ އެވެ.

ކޮމިޝަން މައިގަނޑު މަސައްކަތަކަށްވީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުމުގެ ގޮތުން ނިޒާމީ އަދި ހަރުދަނާ އަވަސް މަސައްކަތްތަކެއް ކުރަން ފެށުމަށް ގަސްދުކޮށް ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބެލުމާއި ދައުލަތުގެ އިދާރާތަކުން އެ ބާވަތުގެ މައްސަލަތަކުގައި ޒިންމާ އަދާކޮށްފައިވާ ގޮތާއި މިންވަރު ދެނެގަތުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355