ޕްލޭ ސުކޫލް ހިދުމަތް ފޯރުކޮށްދިނުމަށާއި ޒަމާނީ ތައުލީމް ތަރައްގީ ކުރުމަށް އަމީރު އަމީން ސުކޫލްގެ ބިމާއި އިމާރަތްތައް ކުއްޔަށް ދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.
އެ ސްކޫލުގައި ކިޔަވައިދިނުން ހުއްޓާލީ ކޮވިޑް-19އާއި ގުޅިގެން ދިމާވި މާލީ ދަތިތަކުގެ ސަބަބުން ކުރީގެ ކައުންސިލުން ނެވެ. ނަމަވެސް އެ ސްކޫލު އަލުން ފެށުމަކީ ކައުސިލުންގެ މިހާރު މޭޔަރުގެ ކެމްޕެއިން ވައުދެއްކެވެ.
ކައުންސިލުން ކުރި އިއުލާނުގައި ބުނީ ޕްލޭ ސުކޫލް ހިދުމަތް ފޯރުކޮށްދިނުމަށާއި ޒަމާނީ ތައުލީމް ތަރައްގީ ކުރުމަށް އަމީރު އަމީން ސުކޫލްގެ ބިމާއި އިމާރަތްތައް ކުއްޔަށް ދިނުންމަށް ކުރިން ކުރެވުނު އިއުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އެއިއުލާން ބާތިލްކޮށް އަލުން އިއުލާނު ކުރީކަމަށެވެ.
މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް 06 މާރޗް ވަނަ ދުވަހުގެ 14:00 ގެ ކުރިން އެއިދާރާއަށް ގޮސްގެން، ނޫނީ ނަމްބަރ 6527177 ނުވަތަ 6527166 އަށް ގުޅައިގެން ނުވަތަ އޮންލައިންކޮށް https://forms.office.com/r/c1ND6zviPL މި ލިންކް ނުވަތަ ކިއު އާރު ކޯޑުގައިވާ ފޯމް މައުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދެފަ އެވެ.
ކައުންސިލުން ބުނީ ރަޖިސްޓަރ ވުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 06 ވަނަ ދުވަހުގެ 14:00 ގައި ކަމަށާއި މައުލޫމާތު ދިނުން އަންނަ މަހު 07 ވަނަ ދުވަހުގެ 10:30 ގައި އަދި އަންނަ މަހު 31 ވަނަ ދުވަހުގެ 10:30 ގައި އަންދާސީ ހިސާބު ހުށަހެޅުން (ކުޅުދުއްފުށީ ކައުންސިލް އިދާރާ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ) އޮންނާނެ ކަމަށެވެ.
މައުލޫމާތު ދިނުން އޮންލައިންކޮށް ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ކަމަށާއި އޮންލައިންކޮށް ބައިވެރި ނުވެވޭނެ ފަރާތްތަކަށް މައުލޫމާތު ދިނުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
މައުލޫމާތު ސެޝަންގައި ބައިވެރި ވެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އަންނަ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބު ކަމަށް އެ އިދާރާއިން ބުނެ އެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާ އަދި ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް ކައުންސިލުން ބުންޏެވެ.