ލާމަރުކަޒީ ގާނޫނުގެ 16 ވަނަ އިސްލާހަށް ގެނައި ބަދަލާއެކު ސިޓީ ކައުންސިލަށް ޕްލޭ ސްކޫލް ހިންގަން އޮތް ފުރުސަތު ވަނީ ގެއްލިފަ. އެހެންވުމުން ސްކޫލް ހިންގާނެ ބަޔަކު ހޯދަން އަލުން ހުޅުވާލަން ކައުންސިލުން ވަނީ ނިންމާފަ.
ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނަ އިސްލާހާއެކު ޕްލޭ ސްކޫލް ހިންގުމަށް އޮތް ފުރުސަތު ސިޓީ ކައުންސިލަށް ގެއްލުމުން، އެތަން ޕްރައިވެޓްކޮށް ހިންގަން ނިންމައިފި އެވެ.
ޕްލޭ ސްކޫލްގެ ގޮތުގައި އޭރު ކައުންސިލުން ހިންގަމުންދިޔަ އަމީރު އަމީން ސްކޫލުން ބަންދުކުރީ ކޮވިޑް ތެރޭގައި 2020 ވަނަ އަހަރުގެ ތެރޭގައި މާލީދަތިތަކާ ހެދި އެވެ.
ކައުންސިލްތަކުގެ މެންޑޭޓްތެރޭގައި ނުހިމެނޭ ޕްލޭ ސްކޫލް އޭރުވެސް ހިންގަމުންދިޔައީ ގެއްލުމުގައި އެވެ. 350 ރުފިޔާގެ ފީ ނަގަމުން ހިންގި އެ ސްކޫލް ބަންދުކުރިއިރު ތައުލީމު ހާސިލުކުރަމުންދިޔައީ 200 އެއްހާ ދަރިވަރުންނެވެ.
އޭގެ ފަހުން ސިޓީ ކައުންސިލު އުފެދި އެންމެ 2021 ވަނަ އަހަރު ނިންމީ އެ ސްކޫލް ޕްރައިވެޓްކޮށް ހިންގުމަށެވެ. އެއަށްފަހު އެކަން ކުރާނެ ފަރާތެއް ހޯދަން ހުޅުވާލި އެވެ. އެކަމަކު އެކި ފަހަރު މަތިން 6 ފަރަށް ހުޅުވާލައިގެން ހިންގާނެ ބަޔަކު ނުލިބުނެވެ.
https://kulhudhuffushi.com/90688
ނަމަވެސް 7 ވަނަ ފަހަރު އިއުލާނުކުރުމުން ސްކޫލް ހިންގާނެ ބަޔަކު ކުރިމަތިލީކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ. އެހެންނަމަވެސް ގިނަ ބަޔަކު އެދެމުންދިޔައީ ޕްލޭ ސްކޫލް ކައުންސިލުން ހިންގަންކަމަށްވުމުންނާއި ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުނީގެ މަސައްކަތް އޭރު ނިމިފައި އޮތުމުން ކައުންސިލްގެ ނިންމުން ބަދަލުކޮށް ކައުންސިލް ކުންފުނިން ހިންގަން ނިންމި އެވެ.
މިދިޔަ ހޯމަ ދުވަހު ސިޓީ ކައުންސިލްގައި ބޭއްވި އާންމު ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފު ވިދާޅުވީ، ރައްޔިތުން އެދެމުންދާތީ ކައުންސިލް ކުންފުނިން ޕްލޭ ސްކޫލް ހިންގަން ނިންމާ، ސްކޫލް ހުޅުވުމަށް ތައްޔާރުވާން ފެށި ކަމަށެވެ.
އެގޮތުން އަމީރު އަމީން ސްކޫލްގެ އާބާތުރަ ފިލުވާ މަރާމާތުކޮށް އަންނަ އެކަޑަމިކް އަހަރަށް ހުޅުވުމަށް ބޭނުންވާ ހުއްދަތައް ހޯދުމަށް އެޑިއުކޭޝަނަށް ހުށަހަޅައި އަދި ސްކޫލްގެ ބެޖްވެސް ފާސްކޮށް ނިންމި ކަމަށެވެ.
މޭޔަރު ވިދާޅުވީ އެހެންނަމަވެސް ސަރުކާރުން ހުށަހަޅައި ލާމަރުކަޒީ ނިޒާމުގެ 16 ވަނަ އިސްލާހު ބަދަލުކުރުމާއެކު ކައުންސިލަށް ޕްލޭ ސްކޫލް ހިންގަން އޮތް މަގު މިހާރު ބަންދުވެފައިވާ ކަމަށެވެ. އެ އިސްލާހުގައި ބުނެފައިވަނީ ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް 10 މިލިއަނަށްވުރެ ދަށުގެ ވިޔަފާރިތަކާއި ރަށުގެ އާންމުން ކުރާ ވިޔަފާރިތައް ނުކުރެވޭނެ ކަމަށެވެ. އަދި އެ ފަދަ ވިޔަފާރިއެއް ކުރާ ނަމަ ތިން މަސްތެރޭގައި ހުއްޓާލަން ޖެހޭކަމަށްވެސް އެ އިސްލާހުގައި ފާސްކޮށްފައިވެ އެވެ.
ކުޅުދުއްފުށީގައި އަމިއްލަ ފަރާތްތަކުން އަންނަނީ ޕުލޭ ސްކޫލެއްގެ ހިދުމަތް ފޯރުކޮށްދެއްމުންނެވެ.
ގާނޫނަށް ގެނައި އެ ބަދަލާ ގުޅިގެން ޕުލޭ ސްކޫލް ހިންގާނެ ގޮތުގެ މަޝްވަރާކުރާނެ ކޮމެޓީއެއް އެކުލަވާލައި ނިންމީ އައުޓްސޯސްކޮށްގެން ސްކޫލް ހިންގަން އަލުން ހުޅުވާލުމަކަށް މޭޔަރު ވިދާޅުވި އެވެ.
ހޯމަދުވަހު ބޭއްވި ބައްދަލުވުމުގައި ޕުލޭ ސްކޫލް އައުޓްސޯސްކޮށްގެން ހިންގަން ހުރިހާ މެންބަރުގެ ވޯޓުން ފާސްވި އެވެ.