twitterviber whatsapp telegramfacebookyoutube instagram
27th April 2024

އަމީރު އަމީން ސްކޫލުގައި، ޕްލޭ ސްކޫލެއް ހިންގާނެ ބަޔަކު ހޯދުމަށް އަނެއްކާވެސް އިއުލާންކޮށްފި

Apr 4, 2022

ޕްލޭ ސުކޫލް ހިދުމަތް ފޯރުކޮށްދިނުމަށާއި ޒަމާނީ ތައުލީމް ތަރައްގީ ކުރުމަށް އަމީރު އަމީން ސުކޫލްގެ ބިމާއި އިމާރަތްތައް ކުއްޔަށް ދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން 3 ވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.

އެ ސްކޫލުގައި ކިޔަވައިދިނުން ހުއްޓާލީ ކޮވިޑް-19އާއި ގުޅިގެން ދިމާވި މާލީ ދަތިތަކުގެ ސަބަބުން ކުރީގެ ކައުންސިލުން ނެވެ. ނަމަވެސް އެ ސްކޫލު އަލުން ފެށުމަކީ ކައުސިލުންގެ މިހާރު މޭޔަރުގެ ކެމްޕެއިން ވައުދެއްކެވެ.

ކައުންސިލުން އިއްޔެ ކުރި އިއުލާނުގައި ބުނީ ޕްލޭ ސުކޫލް ހިދުމަތް ފޯރުކޮށްދިނުމަށާއި ޒަމާނީ ތައުލީމް ތަރައްގީ ކުރުމަށް އަމީރު އަމީން ސުކޫލްގެ ބިމާއި އިމާރަތްތައް ކުއްޔަށް ދިނުންމަށް ބޭނުންވާކަމަށެވެ.

އެގޮތުން މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ އޭޕްރިލް 7 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައެވެ. ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ 11 އޭޕްރިލް ވާ ހޯމަ ދުވަހުގެ 12:00 އެވެ. އަންދާސީ ހިސާބު ހުށައެޅުމަށް ހަމަޖެހިފައިވަނީ 12 އޭޕްރިލް ވާ އަންގާރަ ދުވަހުގެ 10:00 ގަ އެވެ.

އަމީރު އަމީން ޕްލޭ ސްކޫލެއްގެ ގޮތުގައި ހިންގުމަށް ފުރަތަމަ އިއުލާންކުރީ 2021 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެފަހަރު 12 ފަރާތަކުން މައުލޫމާތު ސާފުކުރި ނަމަވެސް އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައެއް ނުވެއެވެ. ދެވަނަ ފަހަރަށް އިއުލާން ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަސްތެރޭގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355