twitterviber whatsapp telegramfacebookyoutube instagram
20th April 2024

މައްސަލަ މުޅިން ހައްލުވުމަށް ތިން ދުވަސްވަރު ނަގާނެ، ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރޭ: ފެނަކަ

އަބްދުލް ވާހިދު ޙަސަން
Mar 2, 2022
3

ކުޅުދުއްފުށީގައި ކަރަންޓަށް ދިމާވި މައްސަލަ ހައްލުކުރަން ތިން ދުވަސްވަރު ނަގާނެ ކަމަށާއި ކަރަންޓް ބޭނުންކުރުމުގައި ސަމާލުވުމަށް ފެނަކަ ކޯޕަރޭޝަނުން އިލްތިމާސްކޮށްފި އެވެ.

ކުޅުދުއްފުއްޓަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ 1.2 މެގަވޯޓްގެ އިންޖީނެއްގައި ހުޅުހިފުމުގެ ސަބަބުން ކަރަންޓްގެ ހިދުމަތް ގާތްގަނޑަށް ދޮޅުގަޑިއިރަށް މެދުކެނޑުނެވެ. ކަރަންޓް ކެނޑުނީ ހެނދުނު 9:15 އެހާއިރު އެވެ.

ފެނަކައިން ބުނީ އިންޖީނުގައި ހުޅުހިފީ މައްސަލައެއް ދިމާވެ ޓާރބޯއަށް އިތުރަށް ތެޔޮ އެޅިގެން ކަމަށާއި މި ހާދިސާގައި އިންޖީނަށް މާބޮޑު ގެއްލުމެއް ލިބިނުވިޔަސް ޓާރބޯއަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ކުރަން ޖެހޭ މިހާރު މަސައްކަތްކުރަމުންދާކަމަށް ފެނަކައިން މައުލޫމާތުދެ އެވެ.

ކުޅުދުއްފުއްޓަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކާ މިދިޔަ މަހު އެރަށަށް ގެނައި 1.2 މެގަވޯޓްގެ ޖެން ސެޓާއި އިތުރު 7 ޖެން ސެޓް ހުރެ އެވެ. އޮފިޝަލް ވިދާޅުވީ އެންމެ ފަހުން ފޮނުވި އާ ޖެން ސެޓް އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާ އެހެންވެ މިއަދުގެ ވަގުތެއްގައި ކަރަންޓް ކެނޑުމުގެ މައްސަލައެއް ކުރިމަތިވެދާނެކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ، ކަރަންޓްގެ މި މައްސަލަ މުޅިން ހައްލުކުރުމަށް ތިންދުވަސްވަރު ނަގާދާނެ ކަމަށާއި އެހެންވުމުން ކަރަންޓް ބޭނުންކުރުމުގައި ސަމާލުވުމަށް އެދުނެވެ.

އިންޖީނަށް މައްސަލަ ޖެހުމުން ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމަށް ސިޓީ ކައުންސިލުންވެސް ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން އޮފީސްތަކާއި ގޭބިސީތަކުގައި ކޮންމެހެން ބޭނުންކުރަން ނުޖެހޭ އާލާތްތައް ނިއްވާލާފައި ބެހެއްޓުމަށް އިލްތިމާސްކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355