twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޅުދުއްފުށީ ކައުންސިލް ނައިޓް މާކެޓްގައި ބައިވެރިވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Mar 2, 2022

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ނައިޓް މާކެޓެއް ބާއްވަން ނިންމާ، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ ނައިޓް މާކެޓު ބާއްވަން ހަމަޖެހިފައިވަނީ މި މަހު 17، 18 އަދި 19 ވަނަ ދުވަހު ކަމަށާއި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން "ކުޅުދުއްފުށި ސިޓީ ނައިޓް މާކެޓް ގައި ބައިވެރިވުމަށް އެދޭ ފޯމް" ކައުންސިލް އިދާރާއަށް ހުށައެޅުމަށް އެދޭކަމަށެވެ.

މިނައިޓް މާކެޓްގައި 10 ފޫޓް، 8 ފޫޓް ގޮޅިއެއް 3 ދުވަހަށް 200 ރުފިޔާއަށް ކުއްޔަށް ދޫކުރަން ނިންމާފައިވާއިރު މިސައިޒުގެ ގޮޅިތައް ހާއްސަކޮށްފައިވަނީ ގޭގައި ތައްޔާރުކުރާ ކާބޯތަކެއްޗާއި، ރާއްޖޭގައި އުފައްދާ ނުވަތަ ހައްދާ މޭވާއާއި ތަރުކާރީ ފަދަ ބާވަތްތައް ވިއްކާ ފަރާތްތަކަށެވެ.

މީގެ އިތުރުން 10 ފޫޓް، 16 ފޫޓް ގޮޅިއެއް 3 ދުވަހަށް 400 ރުފިޔާއަށް ކުއްޔަށް ދޫކުރަން ނިންމާފައިވާއިރު މިސައިޒުގެ ގޮޅިތައް ހާއްސަކޮށްފައިވަނީ އިމްޕޯޓް މުދާ ވިއްކާފަރާތްތަކަށާއި ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކަށް ކަމަށް އެ ކައުސިލުން ވަނީ ބުނެފަ އެވެ.

ނައިޓު މާކެޓުގައި ބައިވެރިވާ ފަރާތްތަކުގެ ފޯމު ބަލައިގަތުން ކުރިއަށްދާނީ 03 މާރޗުން 08 މާރޗް އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 ން 12:00 ށެވެ. ފޯމު ހުށައަޅާ ވަގުތު، ނަގާ ގޮޅިއަށްވާ ފައިސާ ދައްކަންވާނެ ކަމަށާއި ނައިޓް މާކެޓާއި ގުޅޭ އިތުރު ތަފްސީލް "ކުޅުދުއްފުށީ ސިޓީ ނައިޓް މާކެޓް ބޭއްވުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355