twitterviber whatsapp telegramfacebookyoutube instagram
8th May 2024

އޭސީސީގެ މެމްބަރު ކަމަށް ފަސް ބޭފުޅަކަށް ކޮމެޓީން ރުހުންދީފި

ޚަދީޖާ އާދަމް
Mar 7, 2022

ހުސްވެފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރު ކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވެވި ނަންތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރުހުން ދީފި އެވެ.

އޭސީސީއަށް މެންބަރުން އައްޔަންކުރުމަށް ރައީސް ސޯލިހް މަޖިލީހަށް ނަންތަކެއް ފޮނުއްވީ މިމަހުގެ 23 ވަނަ ދުވަހު އެވެ. ނަންތައް ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ފުރުސަތު ހަމަވުމުން ދެވަނަ ފަހަރަށް ވެސް ހުޅުވާލި އެވެ.

މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން މިއަދު ވަނީ ފަސް ބޭފުޅުންނަށްވެސް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ.

ރައީސް ފޮނުއްވި ނަންތައް

- އާދަމް ޝާމިލް- ރަތްވިލާގެ/ ތ. ވިލުފުށި
- އަބްދުއް ސަލާމް- ހަވާ/ ށ. ނަރުދޫ
- ތޯހާ މުހައްމަދު- ކަޅި ހާރުގެ/ އދ. މާމިނިގިލި
- ޝަޒްނާ ހާޝިމް- ރިހިވިލު/ ހދ. ނޮޅިވަރަންފަރު
- ޝިޔާމާ މުހައްމަދު- ނާރެސް/ ރ. ހުޅުދުއްފާރު

މަޖިލީހަށް ނަންތައް ފޮނުއްވީ ގާނޫނުގައި އެކަން ކުރަން ބުނެފައިވާ މުއްދަތުގެ ފަހުންނެވެ. އޭސީސީގެ ގާނޫނުގައި އެ ކޮމިޝަންގެ މެންބަރަކު އިސްތިއުފާ ދެއްވައިފިނަމަ އެ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މީހަކު އައްޔަންކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355