twitterviber whatsapp telegramfacebookyoutube instagram
1st June 2025

ކޮވިޑް ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށްވެސް މިހާރު ހައްޖާއި އުމްރާއަށް ދެވޭނެ

ޚަދީޖާ އާދަމް
Mar 10, 2022

ކޯވިޑް ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ހައްޖާއި އުމްރާއަށް ސައުދީއަށް އެތެރެނުވެވޭނެކަމަށް އޮތް އޮތުން އެގައުމުން ނިމުމަކަށް ގެނެސްފިއެވެ.

ސައުދީ ސަރުކާރުން ބުނީ ހައްޖާއި އުމްރާއަށް އެގައުމަށް އެތެރެވުމަށް ދެން ކޮންމެހެން ވެކްސިން ފުރިހަމަ ކުރަން ނުޖެހޭނެކަމަށެވެ. އެހެންނަމަވެސް މި ބަދަލު ގެނެސްފައިވަނީ ހަމައެކަނި ސައުދީން ބޭރުގެ ރައްޔިތުންނަށެވެ.

ކޮވިޑުން ރައްކާތެރިވުމަށް ދެ ހަރަމްފުޅުގައި އަޅާފައިވާ ފިޔަވަޅުތައް ސައުދީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ދޫކޮށްލާފައެވެ. މިގޮތުން ގައިދުރުކޮށް ނަމާދުކުރުން ނިންމުކަށް ގެނެސް ދުނިޔޭގެ ހުރިހާ ސަރަހައްދަކުން އުމްރާއަށް އެތެރެވެވޭނެކަން ސައުދީން ވަނީ އިއުލާންކޮށްފައެވެ.

ކޮވިޑްގެ ކުރިން ގެންދިޔަ ގޮތަށް މިއަހަރުގެ ހައްޖުގެ އަޅުކަން ކުރިޔަށް ގެންދާނެކަންވެސް ސައުދީން ވަނީ ހާމަކޮށްފައެވެ. އަދި ހައްޖަށް މީހުން ގެންދިޔުމަށް ބޭނުންވާ ކޯޓާ ވަރަށް އަވަހަށް ދޫކުރާނެކަންވެސް އެގައުމުން ވަނީ އިއުލާންކޮށްފައެވެ.

މީގެކުރިން ސައުދީން ކަނޑައަޅާފައިވާ ގޮތުން ކޯވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒާއި ބޫސްޓަރ ޑޯޒްވެސް ފުރިހަމަ ނުކުރާ މީހަކަށް ދެ ހަރަމްފުޅަކަށް އެތެރެއެއް ނުވެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355