twitterviber whatsapp telegramfacebookyoutube instagram
11th December 2025

މުދަލު ޒަކާތުގެ ނިސާބު ބޮޑުކޮށްފި

ޚަދީޖާ އާދަމް
Mar 20, 2022

މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ބޮޑު ކޮށްފިއެވެ. ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ.

ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ. މިދިޔަ އަހަރު ކަނޑައަޅާފައިވާ ގޮތުން މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 6878.20 ރުފިޔާއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 7241.15 ރުފިޔާ ކަމަށެވެ. މިއީ 362.95 ރުފިޔާގެ ބޮޑުވުމެކެވެ.

ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާހުރެ އަހަރެއް ހަމަވެއްޖެނަމަ އޭގެ ސާޅީސްބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ދެއްކުމަކީ ދީނީ ގޮތުން ވާޖިބެކެވެ. ޕަސެންޓޭޖުން ބަލާނަމަ އެއީ 2.5 ޕަސެންޓެވެ.

ޒަކާތްދިނުމަކީ ދީނުގެ ފަރުޟުތަކުގެ ތެރެއިންވާ ފަރުޟެކެވެ. އަދި އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ތިންވަނަ ރުކުނެވެ. އެހެންކަމުން ޒަކާތް ދެއްކުމުގެ ޝަރުތު ފުރިހަމަވާ ކޮންމެ މުސްލިމަކު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355