twitterviber whatsapp telegramfacebookyoutube instagram
12th February 2026

ނައިޓްރޯ ކިންގްގައި 17 ރައިޑަރުން، އޯޕަން ޑްރެގް ރޭހެއް

މުޙައްމަދު އަހުމަދު
Mar 23, 2022
2

ނައިޓްރޯ ކިންގް 2 ގެ ނަމުގައި ކުޅުދުއްފުށީގައި މާދަމާ ބާއްވާ ޑްރެގް ރޭސް 17 ރައިޑަރުންނާއެކު ފަށަން ތައްޔާރުވެއްޖެ އެވެ. މި ރޭހަކީ އޯޕަން ޑްރެގް ރޭހެކެވެ.

125 ސީސީން 150 ސީސީއަށް އޯޕަން އިވެންޓެއްގެ ގޮތުގައި ކުރިއަށް ގެންދާ މިރޭހުގައި 17 ރައިޑަރުން ބައިވެރިވެފައިވާއިރު މިރޭސް ކުރިއަށްދާނީ މާދަމާ ރޭ ދަންވަރު 12 އިން މެންދަމު 2 އަކަށެވެ.

ކުޅުދުއްފުށީ މޮޓޯ ސްޕޯޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މިރޭހަކީ މިއަހަރުގެ ޑިސެމްބަރުގައި އޮންނަ ރޯޑް ކިންގް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ އިވެންޓެކެވެ.

މިއިވެންޓްގައި ހުޅުމާލޭގައި ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބޭއްވި ރޭހުގެ ރަންވަނަތައް ހާސިލްކުރި ކުޅުދުއްފުށީގެ ކުޅަދާނަ ރައިޑަރުން ފެނިގެންދާނެ އެވެ. އެގޮތުން 125 ސީސީގެ ޗެމްޕިއަން އަލީ ސާވީއާއި އަންޑަރ ބޯން ކިންގް އޮރިޓޯގެ އިތުރުން 135 ސީސީ ޗެމްޕިއަން މުހައްމަދު ހުމާމް އަދި 150 ސީސީގެ ޗެމްޕިއަން މުހައްމަދު އަނީޒް އަބްދުﷲ އެވެ.

މިރޭހުގެ އެއްވަނަ ހޯދާ ފަރާތަށް ފައިސާގެ އިނާމުގެ އިތުރުން ޓްރޮފީއަކާ ގިފްޓް ޕެކް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355