twitterviber whatsapp telegramfacebookyoutube instagram
7th February 2026

ކުމުންދޫ ނެރު ބަދަލު ކުރުމުގެ އަމަލީ މަސައްކަތް އިފްތިތާހުކޮށްފި

Apr 3, 2022

ހދ. ކުމުންދޫ ނެރު ބަދަލު ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

މި މަޝްރޫއުގެ ދަށުން 9346.56 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބާ ބޭސިން ފުންކޮށް 4954.91 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރާނެ އެވެ.

އަދި 142 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލާނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ. މީގެ އިތުރުން 198 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

މަޝްރޫއު އިފްތިތާހު ކުރުމަށް ކުމުންދޫގައި ބޭއްވި މި ރަސްމިއްޔާތުގައި ކުމުންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ރާއީގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ރަށުގެ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

މި މަޝްރޫއަކީ 35.38 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355